ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާނާއި، ޔާމިންގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރު ކުރި މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި!

ބްލޮގަރު ޔާމިން ރަޝީދު އަދި ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ނޫސްވެރިޔާ ރިލްވާން އަދި، ބްލޮގަރު ޔާމިން ރަޝީދުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ، މއ. ފާގަފިލާ، އަހްމަދު އިސްމާއިލް 39، މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް 30، ދަފްތަރު، އަހްމަދު މުއާޒް، 40، އެ މީހުންގެ ބަންދާއި މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުންގެ މުއައްސަސާއިން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އެމީހުން ހައްޔަރުކުރެވިފައިވަނީ އެ ކުށްތައް ރާވައި ހިންގުމުގެ އިތުރުން، ކުށް ހިންގުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިގެނެވެ.

ރިލްވާންގެ މަރާ ގުޅޭގޮތުން، މަރު ކޮމިޝަނުން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ނޫސްވެރިޔާ ރިލްވާންވަނީ ވަގަށް ނެގުމަށް ފަހު، ބޯ ބުރިކޮށް ކަނޑުފެއްތިފައިކަމަށެވެ.

2017 ގައި ބްލޮގަރު ޔާމީން ރަޝީދުވަނީ ތޫނު އެއްޗެހިން ހަމަލާދީ މަރާލައިފައިއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނީ ހަ މީހެއްގެ މައްޗަށްކަމަށް ވީނަމަވެސް، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރެވި ކުށް ސާބިތުވީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: