ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިން މަކިޓާ އުފެއްދުންތަކަށް ޚާއްސަ އައު ޝޯރޫމެއް ހުޅުވައިފި

އެސްޓީއޯގެ މަކިޓާ އައު ޝޯރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަކިޓާ އުފެއްދުންތަކަށް ޚާއްސަ މުޅިން އައު ޝޯރޫމެއް އެސްޓީއޯ އިން ރޭ ހުޅުވައިފިއެވެ.

މަކިޓާ ޝޯރޫމް ހުޅުވުމަށް އެސްޓީއޯ އިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވެވީ އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސެއިން އަމުރު އާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރ ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އިކެޑާ ސަންއެވެ.

އެސްޓީއޯ އައު މަކިޓާ ޝޯރޫމް ހުޅުވިފައިވަނީ ބޮޑުތަކުރުފާނު މަގު ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.

ދިވެހިންގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާތާ 25 އަހަރު ވެފައިވާ މަކިޓާ ބްރޭންޑަކީ 1915 ވަނަ އަހަރު އީޖާދުވެ، ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް މަގުބޫލް ބްރޭންޑެކެވެ. ޖަޕާނުން އެތެރެކޮށް އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތައް ދިވެހިންނަށް ފޯރުކޮށްދިނުން ވެގެން ދިޔައީ މަސައްކަތްތެރިންގެ ވަގުތު ސަލާމަތްކޮށްދީ އިތުރު ފަސޭހަތަކެއް ލިއްބައިދިން ކަމަކަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ލިބެންހުންނައިރު، އެސްޓީއޯ އިން ބުނެފައިވަނީ އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލް ޗޮއިސްގެ އޭޖެންޓުން ވެސް އާއްމުންނާ ހަމައަށް މަކިޓާގެ އުފެއްދުންތައް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ވަޑާންކުރުމަށް ޚާއްސަ ކަރަންޓު އާލަތްތައް، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނެ ސާމާނުގެ އިތުރުން ގަސްހެއްދުމަށް ޚާއްސަ އުފެއްދުންތަކާއި، އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނަރ ފަދަ އެތައް ސާމާނެއް އެކުލެވިގެންވެއެވެ.

ރޭ ހުޅުވުނު އައު މަކިޓާ ޝޯރޫމްއާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިގޮތުން ޝޯރޫމްގެ ތެރެއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއަރ ޕާރޓްސް ލިބެންހުންނާނެ ކަމަށާއި، އަދި މަކިޓާ ބްރޭންޑަށް ޚާއްސަ ސާވިސް ސެންޓަރ ވެސް ހުންނާނީ މި އައު ޝޯރޫމްގެ ތެރޭގައި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: