ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމުހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކަށް ޖުމުހޫރީ ޕާޓީއިން ކެނޑިޑޭޓަކު ނުނެރުމަށް އެ ޕާޓީގެ ކޮންގްރެސްއަކުން ނުނިންމާނެ ކަމަށް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީޕާޓީގެ މައި ޖަގަހައިގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން، ގާސިމް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓެއް ނުނެރެން ނިންމައިފި ނަމަ، އެ ނިންމުން، ޕާޓީގެ އަސާސީ ގަވާއިދާއި، ޕާޓީ ހިންގުމަށް ކަނޑައެޅިފައިވާ ގަވާއިދާވެސް ހިލާފުވާނެކަމަށެވެ. އެހެން ކަމުން، އެ ޕާޓީގެ ކޮންގްރެސްއިން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މީހަކު ނުނެރެން ނުނިންމާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީއިން، އިންތިހާބަށް ކުރިމަތި ލާން ކެނޑިޑޭޓަކު ނުނެރެން ނުނިންމާނެކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރިޔާސީ އިންތިހާބު ވަނީ މިހާރު އިންތިހާއަށް ގާތްވެފައިކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި ކުރިމަތިލުމުގެ ކުރިން، 30،000 މެމްބަރުން ޕާޓީއަށް ހަމަ ކުރުމަށް އަމާޒު ކުރައްވާފައިވާކަމަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ، އެ ދުވަސްވަރާއި ޖެހުމުގެ ކުރިން ޖުމުހޫރީ ޕާޓީގެ ފަރާތުން އިތުރު ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށެވެ. އެހެންކަމުން، ރާއްޖޭގެ މީހުން ދިރިއުޅޭ، ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށް ރަށުގައި، ޖުމުހޫރީ ޕާޓީގެ ގޮފިތައް ގާއިމު ކުރުން ފަދަ މަސައްކަތްތައް ކުރައްވާނެ ކަމަށް، ގާސިމް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން، ޖުމުހޫރީ ޕާޓީއިން، ތައްޔާރީތައް ވަމުންދާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަ ދައްކަވަމުން، ގާސިމް ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ޖޭޕީން ވާދަކުރާނީ ކޯލިޝަނެއްގެ ތެރޭގައި އެކުލެވިގެންތޯ ނުވަތަ ނޫންތޯވެސް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި 2023ގެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ހުށައަޅައިފައިވާނެކަމަށް ފާހަގަކުރައްްވަމުން ގާސިމް ވިދާޅުވީ، ކެނޑިޑޭޓެއް ނެރުމަށް، އެންމެ ފަހުން އެ ޕާޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައިވަނީ ނިންމާފައިކަމަށެވެ.

ރިޔާސީ އިންތިހާބުގައި ބައިވެރިވެލައްވަން ޖޭޕީއިން ކެނޑިޑޭޓެއް ނެރުމަށް ނިންމާފައިވާކަމަށާއި، ކޯލިޝަނެއް ހެއްދެވުމާއި ގުޅޭ ގޮތުން އަދި، ވަކި ނިންމެއް ނެތްކަމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއި އެކު ވާދަކުރައްވާނެކަމަށް އިޝާރާތް ކުރެއްވުމަށް ފަހު، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ، މާމިގިއްޔަށް ވަޑައިގެންވާފައެވެ. އެ މަނިކުފާނު، ވަޑައިގެންނެވި އިރު، އަރިހުގައި އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް، އަދި ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޝާމާލް ފަދަ ބޭފުޅުންވެސް ތިއްބެވެ. ގިނަ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގަތީ ކޯލިޝަނެއް ހެއްދެވުމުގެ މަގުސަދުގައިއެވެ. އެހެންނަމަވެސް ޖޭޕީގެ ތަރުޖަމާނު، އަލީ ސޯލިހު ވިދާޅުވި ގޮތުން، އެ ބައްދަލުވުމަކީ، ސިޔާސީ މަޝްރަހުގައި މަސައްކަތްކުރައްވާ ދެ ބޭފުޅެއްގެ ދެމެދު އޮންނަ ރައްޓެހިމަކުގެ ގޮތުން ކުރެއްވި ދަތުރު ފުޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: