ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނަށް، ވަޒީފާ ދޭން މޯލްޑިވިއަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

 މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު އަމީނަށް އަލުން އެ ފެންވަރުގެ ވަޒީފާއެއް ދޭން ސިވިލް ކޯޓުން މޯލްޑިވިއަންގެ މައްޗަށް  ހުކުމްކޮށްފިއެވެ.

ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުކަމުން އަމީން ވަކިކޮށް އޭނާގެ މަގާމު ދަށްކުރީ 2019 ވަނަ އަހަރު އެވެ.

އަމީންގެ ފަރާތުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން  މޯލްޑިވިއަންގެ މައްޗަށް ހުކުމްކުރީ އޭނާ ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ކުރިން ހުރި މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަހުގެ ތެރޭގައި ދިނުމަށެވެ. އަދި މަގާމުން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް އޭނާ އަށް ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.

ނަމަވެސް އެ މުއްދަތުގައި އަމީން، އެހެން ވަޒީފާއެއް އަދާކުރި ނަމަ، އެ ފައިސާއެއް އުނިކުރަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އަމީން އެ މަގާމުން ވަކިކުރުމަށް ފަހު، އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވަނިކޮށް އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން އޮކްޓޫބަރު 2019 ގައި ވަޒީފާ އިން ވަކިކުރީ ކަމަށެވެ.

އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ޖޫން 2019 ގައި އަމީން ވަކިކުރި ފަހުން އެހެން ޒިންމާއެއް އޭނާއާ ހަވާލު ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، އޭނާ ވަޒީފާ އަށް ހާޒިރުނުވުމުން ވަކިކުރީ ކަމަށް މޯލްޑިވިއަން އިން ބުނާ ބުނުން ރަނގަޅު ނޫން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އަމީން އަދާކުރި މަގާމަކީ ވަކި މަގާމެއް ނޫނެވެ. އެއީ އޭނާ އަދާކުރި ވަޒީފާއާއެކު އޮތް ޒިންމާއެއް ކަމަށް މޯލްޑިވިއަންގެ ފަރާތުން ކޯޓުގައި ބުންޏަސް އެގޮތަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ބުންޏެވެ. އަދި އަމީން ވަޒީފާ އިން ވަކިކުރަންޖެހޭ ކުރަންޖެހޭ މަގްބޫލު ސަބަބެއް މޯލްޑިވިއަން އަށް ދެއްކިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: