ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އާއި އެމްއެސްއެމްއިން ރާއްޖެއަށް ކޮންޓެއިނާ ވެސަލްއެއް ގެންނަނީ!

ކޮންޓައިނާ ވެސަލް ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އާއި އެކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެއަށް ކޮންޓެއިނާ ވެސަލްއެއް ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑްއޮފީހުގައި ބޭއްވި ހަފްލާއެއްގައި އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އަދި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.

މި އެއްބަސްވުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ މިއީ އެމްއެސްއެސް އިން ރާއްޖެ ގެންނަ ތިންވަނަ ބޯޓު ކަމަށާއި، މި ބޯއްޓު ދަތުރުކުރާނީ ސިންގަޕޫރު މެލޭޝިއާ އަދި ތައިލެންޑަށްކަމަށެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ ރާއްޖެއަށް ގިނައިން ބޭރު ފައިސާ ވަންނާނެ އިންޑަސްޓްރީއަކަށް އެމްއެސްއެސް ވެގެންދާނެކަމަށެވެ.

އެސްޓީއޯ އާއި އެކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން ގުޅިގެން ގެންނަ މި ބޯޓުގައި ލޯޑު ކޮށްފައި ހުރި 420 ކޮންޓެއިނަރު އުފުލޭނެކަމަށް ކުންފުނިން މައުލޫމާތުދޭއިރު ލޯޑު ނުކޮށް 680 ކޮންޓެއިނަރު އުފުލޭނެކަމަށް ކުންފުނިން ބުނެއެވެ. މި ބޯޓުގައި އޮގަސްޓް މަހު މުދާ އުފުލަން ނިންމާފައިވާއިރު ބޯޓަށް ކިޔަން ނިންމާފައިވާ ނަމަކީ “އެމްއެސްއެސް ގްރެފީން” ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި މި އާއިއެކު ކޮންޓެއިނާ ހޯދުމުގެ މަސައްކަތް ވެސް ކުރާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

މިވަގުތު ވެސް އެމްއެސްއެސްގައި 100 އަށްވުރެ ގިނަ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އެމްއެސްއެސް އިން ދަނީ މިދާއިރާއަށް މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ރާއްޖޭގައި ކުރަމުންނެވެ. ސްޓޭޓް ޝިޕިންއަކީ ދައުލަތުގެ ޝިޕިން އިންޑަސްޓްރީ ފުޅާ ކުރުމުގެ ވިސްނުމުގައި އެސްޓީއޯއިން އުފެއްދި ކުންފުންޏެއްކަމަށްވާއިރު، އެ ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެއެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: