ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ލާމަރުކަޒީ ގާނޫނާއި ހިލާފް ވެއްޖެ!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު، ބަޖެޓުކުރުމަށް ފަހު، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާތައް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދޭކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންއިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއަކީ، ޕްލޭނިންގް މިނިސްޓްރީއާއި އެކު، މަޝްވަރާ ކުރެވި އެއްބަސްވުމެއް ގާއިމު ކުރެވުމަށްފަހު ހިންގަން ފެށި މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް، ރޯޝަނީ މަގާއި ހިސާބަށް އެ މަސައްކަތް ކުރިއަށް ގޮސްފައިވަނިކޮށް، ޕްލޭނިންގް މިނިސްޓްރީންވަނީ ފައިސާ ދޫކުރުން ހުއްޓާލީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމަށް ޕްލޭނިންގް މިނިސްޓްރީއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރަން ޖެހޭ ފައިސާތައް އެ މިނިސްޓްރީން ދޫނުކުރާކަމަށް ފާހަގަކޮށް އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުންް، ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަނަށް އެތައް ގެއްލުމެއް ލިބިފައިކަމަށެވެ. އަދި އެ ކުންފުނިންވެސް އެކަމާއި ވިދިގެން މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށްވެސް، މުއިއްޒު ފާހަގަކުރިއެވެ.

މާލޭގެ މަގުތައް ހެދުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަށް ފައިސާ ނުދެވުމުގެ ސަބަބުން، އެ ކުންފުނިން އިތުރަށް މަސައްކަތްތައް ކުރިއަށް ނުގެންދިޔަކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، އެފަދައިން ކަން ދިމާވުމުން، މަަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވޭތޯ، ޕްލޭނިންގް އަދި ފެނޭންސް މިނިސްޓްރީއާއިއެކުވެސް ބައްދަލުވުންތަކެއް ކުރިއަށް ގެންދިއަކަމަށެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ބަޖެޓްކުރެވިފައިވާ މަޝްރޫއުއެއް ކަަމަށްވުމުން، އެކަން ކުރިއަށް ގެންދިއުމަށް ޕްލޭނިންގް އަދި ފިނޭންސް މިނިސްޓްރީއާއިއެކުވެސް ބައްދަލުކޮށްފައިވާކަމަށް ފާހަގަކުރައްވާ، މުއިއްޒު ވިދާޅުވީ، އެހެންނަމަވެސް އެކަމަށް އެެއެއްވެސް ކުރިއެރުމެއް ލިބިފައިނުވެ މިހާރު ހަތް މަސްދުވަސް ފާއިތުވެގެންގޮސްފި ކަމަށާއި، އެ މަސައްކަތަކީ 2022 ވަނަ އަހަރަށް ބަޖެޓު ކުރެވިފައިވާ މަޝްރޫއުއެއް ކަމަށްވުމުން ފައިސާ ނުލިބި ގޮސްގެން ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އެ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތްތައް ވަނީ ކުރިއަށް ގެންދިޔަ ނުދީ ހިފަހައްޓާފައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ރައީސް ސާލިޙުގެ ކެބިނެޓިން ނިންމައިގެން ކަމަށް ބުނެ މަގު ހެދުމުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އަލުން އާރުޑީސީއާ ހަވާލު ކުރީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އެަކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: