ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ދަނީ ލާމަރުކަޒީ ނިޒާމު ފުނޑަމުން: ސައިފް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި މާލެ ސިޓީ ކައުންސިލް އެމްޑީޕީ މެންބަރު ސައިފް ފާތިހް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ދަނީ ލާމަރުކަޒީ ގާނޫނާއި ހިލާފަށް އަމަލު ކުރަމުންކަމަށް މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރ ސައިފް ފާތިހް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގައި އެމްޑީޕީ ތަމްސީލުކުރައްވާ ސައިފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ މިހާރު މިއޮތް ނިޒާމު ތައާރަފުކުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ ލޯކަލް ލެވެލްއެއްގައި ރައްޔިތުންނާއި ގުޅުން ހުރި ކަންތައްތައް ރައްޔިތުންނާއި ހަމައިން މަޝްވަރާ ހޯދައިގެން، އެމަޝްވަރާއާއިއެކު ހިންގުންކަމަށާއި، އަދި މާލޭގެ މަގުތަކުގެ މަސްއޫލިއްޔަތު ގާނޫނުންވެސް ސިޓީ ކައުންސިލާއި ހަވާލުވެފައި އޮތީ އެހެންވެގެންކަމަށެވެ.

ސައިފް ފާހަގަކުރެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރ ޝިފާ ސޮއިކުރެއްވި “މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް” ވަކި ހިސާބަކަށް ކުރިއަށްދިޔަކަމަށާއި، ތާށިވީ ވަކި ހިސާބަކުންކަމަށެވެ. މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުރުމަށް ބޭނުންވާ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ހުރަސް އަޅާ ތާށި ކުރުވަނީ ސިޔާސީ ބޭނުމަކަށްޓަކައިކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކޮށް މަގު ހެދުމުގެ ޕްރޮޖެކްޓް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކޮށް އެ މިނިސްޓްރީން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ހަވާކުރި ކުރުން އެއީ ބޮޑު ކޮރަޕްޝަނުގެ އަމަލެއްކަމަށް މުއިއްޒު ތުހުމަތުކުރެއްވިއެވެ. ސައިފްގެ ވާހަކައިގައިވެސް ފާހަގަކުރެއްވީ ކުއްލިއަކަށް މަޝްރޫއު ތާށިކޮށްލީ ސަރުކާރުންކަމަށާއި އަދި ދެން އެންގީ މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޕްރޮޖެކްޓް ނަގައި ޕްލޭނިންގ މިނިސްޓްރީ އާއި ހަވާލު ކުރި ވާހަކަކަމަށް ސައިފް ވިދާޅުވިއެވެ.

މި މަޝްރޫއުއަކީ ސިޓީ ކައުންސިލާއިއެކު 39 މިލިއަން ރުފިޔާއަށް ސިޓީ ކައުންސިލުން ސޮއިކުރިއިރު ފައިދާއާއިއެކު ގެންދެވެން އޮތް މަޝްރޫއުއެއްކަމަށާއި، މިހާރު 84 މިލިއަން ރުފިޔާއަށް ބޮޑު އަގުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރެއްވީ ސިޓީ ކައުންސިލާއިއެކު ދެމިއޮތް އެއްބަސްވުމެއް އޮއްވާކަމަށް ސައިފް ހާމަކުރެއްވިއެވެ. މިކަމުގައި ލީގަލް ކަންތައްތަކެއްވެސް އެބަހުރިކަމަށާއި، ނަމަވެސް ކޮންޓްރެކްޓް އެހެން ބަޔަކާއިއެކު ހެއްދެވީ އެބޭފުޅުންނާއި އެއްވެސް މަޝްވަރާއެއް ނުކޮށްކަމަށް ސައިފް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ކަންބޮޑުވުމަކީ މައި ސަރުކާރުގެ ބާރު ހުރިހާކަމެއްގެ ތެރެއަށް ވަންނަމުންދިޔުމެވެ. މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ތަންފީޒް ކުރަމުންދާ ގޮތާއިމެދު ހިތާމަކުރަންކަމަށާއި އެބޭފުޅުން އެންވިޝަން ކޮށް ތަސައްވަރު ކުރި ނިޒާމަކީ މިއީ ނޫންކަމަށް ސައިފް ވިދާޅުވިއެެވެ.

” ޕީޕީއެމް ކައުންސިލެއް އޮތީ، އަޅުގަނޑުމެން އެމްޑީޕީން ހޮވިފައި ތިބި ބަޔެއް. އަޅުގަނޑުމެން ދޭތެރޭވެސް ވަރަށް ހިޔާލު ތަފާތުވުން އޮވޭ، ވަރަށް ހޫނުވެސް ވ. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ސިޓީ ކައުންސިލަރުން. އަޅުގަނޑުމެން އެކީގައި، އެއް ސްޓޭންޑާޑްއެއްގަ ތެދުވާނެ. މޭޔަރާއިވެސް ކައުންސިލާއިވެސް ހިޔާލު ތަފާތުވާނެ. އޭގެ މާނައެއް ނޫން ލާމަރުކަޒީ ނިޒާމް އެއްކޮށް އެއް ފަރާތްކޮށްލުން” ސައިފް.

އެއީ ގާނޫނުގައި އެކަން ކުރަން ހަމަޖެހިފައި އޮންނަ އުސޫލުކަމަށް ސައިފް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަރަށް ގިނަ ކައުންސިލްތައް ހުރީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ދަށުވެފައިކަމަށާއި މަސައްކަތެއް ހިގަނީ އެ ބަޔަކު ދޫ ދިނިއްޔާކަމަށް ސައިފް ވިދާޅުވިއެވެ. ކްލައިންޓުންނަކީ އެބޭފުޅުންކަމަށާއި އެބޭފުޅުންގެ މަސައްކަތެއްގެ ޒިންމާ ނަގައި ފާޑުކިޔާނެ އެހެން ބަޔަކު ނުތިބޭނެކަމަށް އޭނާ ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: