ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ވަގު ވިޔަފާރި އެބަކުރޭ، އެކަން ހުއްޓުވަން، އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅައިފި

އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ރައްޔިތުނަށް ހެޔޮ އަގުގައި ވިއްކާ ތެޔޮ ގަތުމަށް ފަހު، ރިސޯޓުތަކަށް ވިއްކުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، ހުސައިން އަމުރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވެފައިވާ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވެފައިވީނަމަވެސް، ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމުގެ ގޮތުން، އެ ކުންފުނިން އެފެއެސްއެމްގެ ފިއުލް ޝެޑުތަކުންނާއި، މަސްވެރިންނާށާއި، ރަށްރަށުގައި ތެލުގެ ވިޔަފާރި ކުރާ ފަރާތްތަކަށް، ތެޔޮ ވިއްކަމުންދަނީ، އަގުތައް ސަބްސިޑައިޒް ކޮށްގެންނެވެ. އަދި ރިސޯޓްތަކަށް ވިއްކަމުންދަނީ ހަމަ އަގުގައިކަމަށްވެސް އަމްރު ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެނީ ސަބްސިޑައިޒްޑް އަގެއްގައިކަމަށާއި، ރިސޯޓްތަކަށް ވިއްކަނީ ހަމަ އަގެއްގައި ކަމަށް ފާހަގަކޮށް އެ ކުންފުނީގެ އެމްޑީގެ ފަރާތުން ނޫސްވެރިންނަށް ދީފައިވާ ބަޔާނުގައި ވާގޮތުން،  ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ވިއްކުމުން،  ބައެއް ފަރާތްތަކުން ދަނީ، އެކަމުގެ ނާޖާއިޒް ފައިދާ ނަގަމުންނެވެ. އަދި ސަބްސިޑައިޒްޑް އަގުގައި ތެޔޮ ގަތުމަށް ފަހު، ރިސޯޓުތަކަށް ވިއްކަން މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރެވިފައިވާކަމަށް، އަމްރު ވިދާޅުވިއެވެ.

ސަބްސިޑައިޒްޑް އަގުގައި ތެޔޮ ގަތުމަށް ފަހު، ރިސޯޓުތަކަށް ވިއްކަން މަސައްކަތް ކުރަމުންދާކަމަށް ފާހަގަކުރައްވާ އަމްރު އިތުރަށް ވިދާޅުވީ، އެ އަމަލުތައް ހުއްޓުވުމަށާއި، ދެމެހެއްޓެނިވި ގޮތަކަށް، ހެޔޮ އަގުގައި، ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި، ވިޔަފާރި ކުރާ ފަރާތްތަކުން، ބޭނުންވާ ވަރަށްވުރެ އިތުރަށް، ތެޔޮ ދޫނުކުރަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: