ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގު ހެދުމުގެ މައްސަލައިގައި ސިފާ ވެސް މުއިއްޒުއާއި އެއްކޮޅަށް

މާލެ ސިޓީގެ މިހާރުގެ މޭޔަރ ޑރ މުއިއްޒު އަދި ކުރީގެ މޭޔަރ ސިފާ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ މާލެ ސިޓީ ކައުންސިލާއި  ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން، (އާރުޑީސީ) އާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމަށް ސިޓީ ކައުންސިލްގެ ފަރާތުން އާރުޑީސީ އާއި މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަލުން އެ މަސައްކަތް ހައުސިންގ މިނިސްޓްރީއިން ވަނީ އާރުޑީސީ އާއި ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލާއިއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށްވެފައިވާ އެއްބަސްވުން ބާތިލުވެސް ނުކޮށް، ޕްލޭނިންގ މިނިސްޓްރީ އާއިއެކު އެއްބަސްވުމުގައި ސޮއި ކުރައްވާފައިވާތީ މާލެ ސިޓީގެ ކައުންސިލް މެންބަރުން ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ މިކަމާއިމެދު އޮތް ކަންބޮޑުވުން ހިއްސާކުރައްވާފައެެވެ.

 

އެކަމާއި ގުޅިގެން އާރުޑީސީގެ މެނޭޖިންގް ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެފައިވަނީ އަމީނީ މަގަށް 7 އަހަރުން މުއިއްޒަށް ނުގެނެސް ދެވުނު ދާއިމީ ހައްލު 7 މަސްތެރޭގައި ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މޫކޭ އެގޮތަށް ވިދާޅުވި ނަމަވެސް އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ އަމީނީ މަގު ހެދުމުގެ އެއްބަސްވުމަކީ މާލެސިޓީ އާއި އާރުޑީސީ އާއި ދެމެދު ހެދިފައިވާ އެއްބަސްވުމެއް ކަމަށް ބުނެ އެ ކަން ތިންވަނަ ފަރާތަކާއި ހަވާލް ކުރުމުން އެކަމާ ސުވާލު އުފައްދަމުންނެވެ.

އެކަމާއި ގުޅިގެން މާލެސިޓީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނު ފުނޑާލައިފި ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކަށް ބާރުތަކާ ޒިންމާ ބަދަލުކޮށްފައި ކަން ކުރައްވަން ވީ ނޫންތޯ ބުނެ ސުވާލު ކުރައްވާފައެވެ. އަދި މަގު ހެދުމަކީ ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަށް މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ފެށި ޕްރޮޖެކްޓެއް ކަމަށާއި އެ ބަޖެޓްގެ ތެރެއިން ތާރު އެޅުމަށް މޭޔަރު ޑރ މުހައްމަދު މުއިއްޒު ނިންމެވުމުން ހަޖަމުނުވީ ކަމުގައި ވިދާޅުވެފައެވެ.

މި މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި މާލެ ސިޓީ ކައުންސިލުގެ ފަރާތުން ފައިދާއާއިއެކު ހަވާލުކުރީ 39 މިލިއަން ރުފިޔާއަށްކަމަށް ފާހަގަކޮށް މިހާރު މަޝްރޫއު ކުރިއަށް ގެންދިޔުމަށް އެ ކޯޕަރޭޝަންއަށް 84 މިލިއަން ރުފިޔާ ދީފައި އޮތުމަކީ ކޮރަޕްޝަނުގެ އަމަލެއްކަމަށްވެސް ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވަނީ ތުހުމަތު ކުރައްވާފައެެވެ. އަދި ގާނޫނާއި، ކޮންޓްރެކްޓިން އުސޫލު މުގުރާލާއި ސަރުކާރުން މި ހިންގި އަމަލާއިމެދު ކައުންސިލްގެ ފަރާތުން އަޅާނެ ފިޔަވަޅުތައް، ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވާނަންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
55%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 18%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ސިފާ އަނބުރާ ސޯބު އެނބުރެނީ ސަރުކާރާ ދެކޮޅަށް. އެހެން ވީމަ ސިފާ ވެސް އެނބުރޭނީ ސަރުކާރާ ދެކޮޅަށް. ތީގަ އާ ވާހަކައެއް ނެތް.

  2. ޝިފާ ހެދި އެއްބަސްވުމަކު ތާރުގެ ވާހަކައެއް ވެސް ނެތް.. އެކަމުވެސް އަނގަ ކޮށްޕާލީ

    1. އެއްބަސްވުމެއް އެބައޮތް ދޯ؟ އާރްޑީސީ ފޮށިފަޅާ ބުނީ ނެތޯ. އެކަލޭގެއަށް ދައްކަބަލަ ތި އެއްބަސްވުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: