ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ހިދުމަތައް ތާއްޓެއް ނެތް: އަމުރު

އެސްޓީއޯގެ އެމްޑީ ޙުސެއިން އަމްރު. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ތެޔޮ ގެނައުމަށް ޝެޑިއުލްކޮށްފައިވާ ތާރިހަށްވުރެ ލަސްތަކެއްވީނަމަވެސް، ރައްޔިތުންނަށް އަދި އެ ކުންފުނީގެ ކަސްޓަމަރުންނަށްވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތައް ދިމާ ނުވާނެކަމަށް، އެސްޓީއޯގެ އެމްޑީ ހުސައިން އަމުރު ވިދާޅުވެއްޖެއެވެ.

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ މާރކެޓަށް ލޮޅުމެއް އައިސްފައިވާކަމަށް، ފާހަގަކުރައްވާ ވާހަކަދައްކަވަމުން، އަމުރު ވިދާޅުވީ، ތެޔޮ ހޯދުމުގެ މަސައްކަތަކީ، ހަމަ ބޭނުންވުމުން ގޮސް ތެޔޮ ނަގައިގެން އައުން ހާ ފަސޭހަ ކަމެއް ނޫންކަމަށެވެ. އަދި މަސްދުވަސް ކުރިން އެކަމަށް ތައްޔާރީ ތަކެއް ވާންޖެހޭކަމަށް ފާހަގަކުރައްވާ އަމުރު ވިދާޅުވީ، ލަސްތައް ކުރިމަތިވެގެން އުޅޭ މައިގަންޑު ސަބަބަކީ ކުރިން ޝެޑިއުލްކޮށްފައިވާ އަދަދަށް ބަދަލުތަކެއް ގެނެސް ކޭޓަރ ކުރަން ޖެހުންކަަމަށެވެ.

ކުރިން ޝެޑިއުލްކުރެވިފައިވާ ވަރަށްވުރެ އިތުރަށް ތެޔޮ ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ސަބަބު ކަމަށް އަމުރު ވިދާޅުވީ، އަވައްޓެރި ސްރީލަންކާއަަށް ދިމާވެގެން އުޅޭ، ތެލުގެ ދަތިކަމުގެ ސަބަބުން، އެ ގައުމުގެ ފްލައިޓުތައް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން ތެޔޮ ބަރުކޮށްދިނުމެވެ. އަދި މި ދަނޑިވަޅުގައި ފިއުލް ވިއްކާ އަދަދުތައް ކޮންޓްރޯލްކޮށްފައިވީ ނަަމަވެސް، ހުރިހާ ފްލައިޓަކަށްވެސް ދަތުރަށް ބޭނުންވާ ވަރަށް ތެޔޮ ބަރުކޮށްދެމުންދާކަމަށްވެސް އަމުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެނާ ވިދާޅުވީ، އެސްޓީއޯގެ ފަރާތުން ރިސޯޓުތަކަށް ވިއްކަމުންދާ ތެލުގެ އަގު ނަގަމުންދަނީ، ޑޮލަރުންކަމަށެވެ. އެގޮތަށް އަމަލު ކުރަން ޖެހުނު ސަބަބެއް ކަމަށް އެނާ ވިދާޅުވީ، ހަމަ އެކަނި އެމްއެމްއޭގެ ރިޒާވަށް ބަރޯސާވެގެން މަސައްކަތް ކުރުމަކީ މި ދަނޑިވަޅުގައި ދަތިކަމަކަށްވުމުން ކަމަށެވެ.

ތެޔޮ ގަތުމަށް، އެ ކުންފުނިން ފައިސާ ދައްކަނީ، ޑޮލަރުންކަމަށް ފާހަގަކުރައްވާ، އަމުރު ވިދާޅުވީ، އެސްޓީއޯއިން އެމްއެމްއޭ ނޫން އެހެން ގޮތަކަށް ޑޮލަރު ނުލިބޭކަމަށްވާނަމަ، އެ ކުންފުނިންޖެހޭނީ ޑޮލަރުގެ ބާޒާރުން ގަންނަންކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން ވިއްކާނީ ބޮޑު އަގުގައި ކަމަށްވުމުން، އެކަން ކުރައްވަމުން ބޭނުން ނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: