ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީޑިއޯއިން ފެންނަނީ ކޮންޑަމެއް ނަގާތަނެއް ނޫން، އެއީ އެޑިޓެއް: ކާނަލް ނަޝީދު

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯގައި އެނދު މަތީން ނަގަނީ ކޮންޑަމެއް ނޫންކަމަށާއި، އޭނާ ނެގީ ސައިކަލުގެ ތަޅުދަނޑިއަށްވާއިރު ވީޑިއޯގެ އެބައި ހުރި އެޑިޓުކޮށްފައިކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ. ވ

އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިނގާކަމަށް ބުނާ ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުކަމަށް ބުނާ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމާއި އެކު އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ ބޭފުޅަކު ބަރަހަނާ ހާލުގައި އިތުރު އަންހެނަކާއި، ފިރިހެނަކާއި އެކު ތިބޭ ފޮޓޯ އެއް އާއްމުވި އެވެ. އަދި އޭގެ ފަހުން ކާނަލްކަމަށް ބުނާ މީހެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށް، ފަހުން ވީޑިއޯއެއް އާއްމު ކުރި އެވެ.

މި މައްސަލައިގައި ހިމެނޭ އަލަމްގިރި ނަމަކަށް ކިޔާ ބިދޭސޭ މީހާ އާއި، ނާޒިމް އަދި ކާނަލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އިއްޔެ އާއްމު ކުރި ވީޑިއޯގައި ބަރަހަނާކޮށް ފެންނަނީ ބިދޭސީ މީހާ އެކަންޏެވެ. އަދި އެނދު މަތީގައި އޮތް ފޯނު ނެގުމަށް ފަހު، ކާނަލް ހިނގައިގަންނަނީ ކޮންޑަމެއް ނަގައިގެންނެވެ.

އަލަމްގިރިއަކީ 43 މީހެއްގެ ވީޑިއޯ މިގޮތަށް ނެގި މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ސިޔާސީ ބޮޑެތި މީހުންނާއި، އެ މީހުންގެ ދަރީންކަމަށް އަޑުވަނީ ފެތުރިފަ އެވެ.

ފާހިޝް އަމަލުތައް ހިންގާކަމަށް ބުނާ ކޮޓަރިއަށް ގެންދިޔައީ ބިޒްނަސް މީޓިންއެއްކަމަށް ބުނެކަމަށާއި، އަދި އޭނާ އެ އަމަލު ހިންގާފައި ނުވާނެކަމަށް ކާނަލް ބުނެ އެވެ. އަދި ވިދާޅުވީ އެ ކޮޓަރިއަށް ވަތް މަންޒަރު އާއްމުކުރާނެކަމަށް ބިރު ދައްކައި، ފައިސާ ދޭން ބުނި ނަމަވެސް އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށެވެ.

މި މައްސަލައިގައި ކާނަލް މިއަދު ވިދާޅުވީ ސޯޝަލް މީޑިޔާގައި އޭނާއަށް ގަނާކުރާ ގިނަ މީހުންގެ ފަތިފުއްބަލާލައިފިނަމަ މާ ހުތުރު ކަންކަން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން އެކަކު ވެސް ފަޟީހަތްވެ ދުނިޔެއަށް ބޭޒާރުވާން ނޭދޭކަމަށް ވިދާޅުވި އެވެ. ގަމީހުގެ ފަތިފުށް ބަލާލާއިރު މިލައާއި ކިލާ ނެތް ހަމަ އެކަކު ވެސް ނުހުންނާނެ. “ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާނގެ ފުއްސަވާދެއްވާނެ. މާތްﷲ ގެ ހަޟްރަތުގައި އޮތް އަޅުގަނޑުގެ ފާފައަށްވުރެ ތިބާގެ ފާފަ ބޮޑު ވުމަކީވެސް އެކަށީގެންވާ ކަމެއް.” ކާނަލް

ކާނަލް ވިދާޅުވީ އޭނާ އެއްވެސް މީހެއްގެ ހައްގަށް އަރައިގެންފައި ނުވާނެކަމަށެވެ. އަދި އޭނާއަކީ އެއްއިރެއްގައި ވެސް ދީނަށް ފުރައްސާރަ ކުރި މީހެއް ނޫންކަމަށާއި، ދީނަށް ލޯބިކޮށް، ނަމާދުކޮށް މި ހިތްދަތި ދަނޑިވަޅުގައި ވެސް ޖަމާއަތަށް ނަމާދަށް ދާކަމަށެވެ. އަދި ކޮންމެ ރެއަކު ދަމުނަމާދުކޮށް، ސުންނަތް ރޯދަ ހިފައި، މާތް ﷲ ގެ މަގުގައި ހޭދަ ކޮށް ސަދަގާތް ދޭކަމަށެވެ. އަދި ބަލިމީހުންނަށް އެހީ ވެ، ކުދިން ބޭރަށް ކިޔަވަން ފޮނުވައިދޭއިރު މިއީ އޭނާ މީހުންނަށް އަންގައިގެން ކުރާ ކަންތަކެއް ނޫންކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މިއަދު އޭނާއަކީ ވަލު ޖަނަވާރެއްގެ ގޮތަށް ބަޔަކު ސިފަ ކުރަން އުޅުނަސް އެކަން ނުވާނެކަމަށް ކާނަލް ވިދާޅުވެފައި ވެއެވެ. ކާނަލް ތަކުރާރުކޮށް ވިދާޅުވީ ދައުރު ކުރާ ވީޑިއޯގައި އޭނާ ބަރަހަނާކޮށް ނެތްކަމަށާއި، ކިތަންމެ ވަރެއް ކުރި ނަމަވެސް ފައިސާ ނުދޭނެކަމަށެވެ.

ޕޯސްޓާއި އެކު އާއްމުންގެ ބައެއް ކޮމެންޓުތަކެއް އައިއިރު، އެނދު މަތީން ނަގަނީ ކޯޗެއްތޯ ބައެއް މީހުން ސުވާލު ކުރި އެވެ. ޖަވާބުގައި ކާނަލް ވިދާޅުވީ ވީޑިއޯގައި ހުރީ އޭނާކަމަށާއި ނަމަވެސް އެއީ ކޮންޑަމެއް ނޫންކަމަށެވެ. ކާނަލް ވިދާޅުވީ އެނދު މަތީގައި އޮތް ފޯނާއި އެކު އެނާ ނަގަނީ ތަޅުދަނޑިއެއްކަމަށާއި، ވީޑިއޯ ބަޔަކު އެފަދަ ގޮތަކަށް އެޑިޓު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ.

ކާނަލް ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އެއްވެސް ކުށެއް ނެތްކަމަށާއި، ހަގީގަތެއް ބަދަލެއް ނުވާނެކަމަށެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 19%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

14 Responses

  1. ތިކަމެއް ހިނގި ތަނަކާ ވަގުތެއް ހާމަކޮއްލަ ދީބަލަ. މި ކޭސް ސައިބާ އިންވެސްޓިގޭޝަން ދެން މި ފަށަން ރެޑީ ވީ.

  2. ތިޔާ ވިދާޅުވަނީ ދެން ކީކޭކަމެއް އަހުންނަކަށް ނޭގޭ ހަވާސު އިސްޓޯރުގެ ގުދަނުގެ ތަޅުދަނޑިއެށް ކަމެއް ކިހިނެއްދޯ އިނގޭނީ ކާނަލް ތަކުރާރުކޮން އެބުނަނީނޫން އެ ރަބަރުކޮޅެއްނޫނޭދޯ!!!

  3. އަޖާއިބެއް ނުވާނެ. ދިޔަ ބިޒްނަސް މީޓިންގ އޮތީ އެނދުމަތީ އޮށޯވެގެން ކުރާ ގޮތަށްތަ؟ ކާނަލް ތިކިޔާ އެެއްޗެއް ނިކަން ސާފުކޮށްދީބަލަ! އަހަރެމެން ތިވާހަކަ އަޑުއަހާފަ މޮޔަވަނީ. ﷲ ފާފަ ފުއްސެވިޔަސް އެކަން ވާނީ ދެންވެސް ކާނަލް ތައުބާވެ އެފަދަ ކަންތައްތައް ތަކުރާރު ނުކުރާނަމަ. ކާނަލްގެ މައްސަަލައެއް މީގައި އޮތްކަން ވީޑިއޯއާއި ތި ދޭ ރައްދުންވެސް ދޭހަވޭ. ބޮޑެތި ފިރިހެނުން މި އުޅޭ ފާޑުން އަހަރެމެން ލަދު ގަންނަނީ

  4. ދެން އެނދުމަތީގެ އެކިތަންތަނުގައި ބޭފުޅާގެ ތަކެތި ހުންނަންވީ ކީއްވެތޯ ، އަދި ބަރްހަނާ ހާލު އެހެންމީހަކު ހުރިިއިރު އެތަނަށްވަދެ ބޫޓުބާލާ އުޅެންވީ ކީއްވެތޯ

  5. ބިސްނަސް މީޓިން އަކަށް ކޮޓަރިއަކަށް ދިޔަ ފުރަތަމަ މީހާ މީ އަދި ބޫޓުވެސް ބާލާ ތަން ވެސް މީ އެޑިޓެއް

  6. ކާނަލް ވަންނައިރުވެސް އެސޮރުހުރީ ޖަންގިޔަލުގަ،،އެހެންހުއްޓާ އެކޮޓަރިއައްވަދެ ދޮރުލަޕާ ހަދާނެތަ ބިޒުނަސް މީޓިންއަކައް ދިޔަމީހަކު،،އަޅެ ދެން މިގައުމުގަ މިތިބީ މޮޔައިންތަ އަނެއްކާ ކާނަލް އަކީ ރެކޯޑު އޮންނަމީހެއް ދެނޯ

  7. ކޮންޑަމެއް ނޫން. ތަސްބީހަ ފަތިން ވެއްޓުނު ފުކެއް އޭ. ޏނަމާދު ކުރަންވަނީި ހަލަންގިރި އާއެކު.

  8. މިފަހަަރު ކާނަލް އިދަޖެހޭނެ ތެދު ބުނެ ބުނެ ބަލައްޗޭ

  9. ހުސް ދޮގު. ޖަނގިޔާކޮޅެއް ލައިގެން ހުރި ބިދޭސީއަކު ނިކުމެ ވެލްކަމް ކީމަ ބާރުބާރަށް ގޮސް އެކޮޓަރިއަށް ވަދެ ދޮރު ލައްޕާފަ ބޫޓު ބާލަނީ ކީެއްވެބާ؟ އެނދުގެ ބޯލާ ކޮޅުގެ ބިއްދޮށުގައި ފޯނު ބާއްވާފަ އޮތުމުން ދޭހަކޮށްދެނީ ކޯއްޗެއްބާ؟ ދެން ސައިކަލު ތަޅުދަނޑި އެނދުގެ އަނެއްކޮޅުގަ؟؟ އެނަގައިގެން ދަނީވެސް ނިކުންނާކަށް ނޫން، ބެލެވޭ ގޮތުގައި ފާޚާނާ އާއި ދިމާލަށް. މިއީ މުޅިންވެސް ހަމަ ބުއްދި ގަބޫލުކުރާ މިންގަނޑުން ވިސްނާއިރު ނަޝީދު ތިދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަންކަން. ދެން ތައުބާ ވާވާހަކަ، ދަމު ނަމާދުކުރާ ވާހަކަ އާއި ކަނޑުގެ ފޮނަށްވުރެން ފާފަ ގިނަވިއަސް ﷲ ފާފަ ފުއްސަވައި ދެއްވާނެ ވާހަކަ ތިދައްކަނީ ކޮންކަމަކާ ؟؟

    1. އެބުނާހެން. މިކަމަކާ ގުޅުވާގެން ތައުބާވާން ޖެހޭނެކަމަކަށް ނުބެލެވޭ ހަމައެކަނި ބިޒްނަސް މީޓިންގއެއް ކޮށްލާގެނެއް

  10. ސްކޫލް ކުއްޖަކާ ބެހިގެން ކޯޓުގައި މައްސަލަ ހިގި.ކާނަލްގެ ވަކީލަކީ ހުސްނުއްސުޢޫދު.އެ ކުއްޖާގެ ބައްޕައަށް ފައިސާ ދޭން ވެސް އުޅުނު. ކާނަލްއަކީ ދެ މޫސުމުގެ މަސްވެރިއެއް.

  11. ނަޝީދު ކިޔާ ގިނަ މީހުންނަކީ ފާޅުގައި ދޮގު ހަދާ ބައެކެވެ

  12. ބުޅާ ގޯނިން ބޭރުވީމާ ދެން ކޮންމެހެން އޮޅުވާލާކަށް އުޅޭނެކަމެއް ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: