ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއާއި އެކު ގުރޫޕު ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ޓީޗަރު ސަަސްޕެންޑުކޮށްފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުން ސޯޝަލް މީޑިއާގައި އާންމުވި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ފެންނަ ވީޑިއޯ އާއި ގުޅިގެން ތުހުމަތުކުރެވުނު ޓީޗަރު ސަސްޕެންޑް ކޮށްފައިވާކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވާގޮތުގައި ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ރޭގެ ވަގުތެއްގައި ބަނގްލަދޭޝް މީހާއާއިއެކު ދެ ދެ ފިރިހެނަކު އެއް ޖިިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

އެނގިފައިވާގޮތުން އެ ވީޑިއޯއިން ފެންނަ ދެ މީހުންގެ ތެރެއިން އެކަކީ މާލެ ސަރަހައްދުގެ ސްކޫލެއްގައި ކިޔަވަދޭ ޓީޗަރެކެވެ. ޓީޗަރެއްގެ ވީޑިއޯ ލީކުވުމާއިއެކު އޭނާ އާއިމެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އައީ ގޮވާލަމުންނެވެ.

އަލަމްގިރި އާއިއެކު 250 އަށްވުރެ ގިނަ މީހުން އެއްޖިންސުން ގުޅުން ހިންގިކަމުގެ މައުލޫމާތު ލިބިފައިވާއިރު، އަލަމްގިރި މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

އަލަމްގިރީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން ތިން މީހުންނަކީ އަލަމްގިރި އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު، އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުވެސް ވަނީ ފުލުހުންގެ ބަންދުގައެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނޫސްވެރިޔާ އަބްދުﷲ ނަސީރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: