ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކާނަލް ނަޝީދުގެ ބަންދަށް 15 ދުވަސް!

ކާނަލް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގައި ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކުގެ މައްސަލައިގައިި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިނގާކަމަށް ބުނާ ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެނާގެ ބަންދަށް 07 ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

ކާނަލް އާއި ފުލުސް އޮފިސަރު ބަންދުގައި ބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދީފައި ވަނީ 15 ދުވަހެވެ.

ފާހިޝް އަމަލުތައް ހިންގާކަމަށް ބުނާ ކޮޓަރިއަށް ގެންދިޔައީ ބިޒްނަސް މީޓިންއެއްކަމަށް ބުނެކަމަށާއި، އަދި އޭނާ އެ އަމަލު ހިންގާފައި ނުވާނެކަމަށް ކާނަލް ބުނެ އެވެ. އަދި ވިދާޅުވީ އެ ކޮޓަރިއަށް ވަތް މަންޒަރު އާއްމުކުރާނެކަމަށް ބިރު ދައްކައި، ފައިސާ ދޭން ބުނި ނަމަވެސް އެއްވެސް ފައިސާއެއް ދީފައި ނުވާނެކަމަށެވެ.

މައްސަލައިގައި މީޑިއާތަކަށް ފުލުހުން ބުނީ، ވީޑިއޯތަކުގެ ތަހުލީލުތައް ކުރުމަށް ފަހު ހައްޔަރު ކުރީ އެކަށީގެންވާ ހެއްކާއި އެކު ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިވަރުގެ އާލާތުން ރައްޔިތުންނޭ ކިޔާ މިއަނގައަރުވަނީ ފިރިހެންކުޅި މީޓިން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: