ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައަޅައިފި

ޢީދު ދުވަހާއި ވަޅު ޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އަޟްޙާ ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ވަކިވަގުތެއްގައި ހަމައެކަނި މާލޭގައި ދުއްވާއެއްޗެހި ނުދުއްވާ އެވަގުތު ތަކުގައި ފައިމަގުގައި އުޅޭގޮތަށް މާލެ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. އެހެން ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.

ޢީދު ދުވަހާއި ވަޅުޢީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތު ކަނޑައެޅުމަށް އެދި ހުށަހަޅުއްވާފައިވަނީ ގަލޮޅު މެދު ދާއިރާގެ މެންބަރު ރީހާން ނާޒިމެވެ. މި ހުށަހެޅުން ވަނީ ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

ޢީދު ދުވަހުގެ ވަކިވަގުތުތަކެއް ފައިމަގުގައި އުޅުމަށް ޚާއްސަކުރުމުގެގޮތުން މިދިޔަ ފިޠުރު ޢީދުގައިވެސް މާލެ ސިޓީ ކައުންސިލުންވަނީ ދުއްވާއެއްޗެހި ނުދުއްވާ ވަގުތު ކަނޑައަޅާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: