ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރަހަނާ ފޮޓޯ އާންމުކުރި މައްސަލަ ތަހުގީގް ކުރާތާ 5 މަސް، އިތުރު ކުރިއެރުމެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަހަނާ ފޮޓޯ ނުވަތަ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުކުރުމުގެ މައްސަލަ ފުލުހުން މާރޗް މަހުން ފެށިގެން ތަހުގީގްކުރަމުން ދިޔަ ނަމަވެސް އަދިވެސް ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބިފައިނުވާކަން ހާމަވެއްޖެއެވެ.

ފުލުހުންގެ ފަރާތުން އެންމެ ފަހުން ބޭއްވި ނޫސްވެރިްނގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ސޯޝަލް މީޑިއާގައި އާންމުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ ބަރަހަނާ ވީޑިއޯތައް ލީކުކޮށް ބްލެކްމެއިލް ކުރާ މައްސަލައިގެ ތުހުމަތަށް ބަޔަކު ދެނެގަނެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެ މީހުންގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ”ސަންގު ޓީވީ“ ގެ ފަރާތުން އިތުރު މައުލޫމާތު ހޯދުމަށްޓަކައި ފުލުހުންނަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުންކަމަށާއި އިތުރު ތަފްސީލެއް ނެތްކަމަށެވެ.

އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ބައެއް ފަހަރު މީޑިއާތަކުން ހޯދަން އުޅޭ މައުލޫމާތު ނުލިބިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ރިޔާޒު ވިދާޅުވީ މީޑިއާ އަށް މައުލޫމާތުދީ، ސުރުހީ ހަދަން ފުރުސަތުދީ، މީހުން ކިޔަން އެ މައުލޫމާތުތައް ދެވިދާނެ ކަމަށެވެ. ނަމަވެސް އޭރުން މައްސަލައިގެ ނަތީޖާ އަށް ވާސިލުނުވެވޭ ކަމަށް ވިދާޅުވިއެވެ. ރިޔާޒް އިތުރަށް ވިދާޅުވެފައި ވަނީ އެއްޖިންސުން ގުޅުން ހިންގުން ފަދަ މައްސަލަތަކަކީ ޖިނާއީ ބޮޑެތި ކުށްތަކަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ހިމެނޭ ހުރިހާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށެވެ. ވަކި މީހަކަށްވީތީ ނުވަތަ ވަކި މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވީތީ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ނަމަވެސް މިހާ ހިސާބަށް މި މައްސަލަ ފެންމަތިވެފައިވާތާ އެތައް ދުވަހެއް ވެފައިވާއިރުވެސް ފުލުހުންނަށް މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ.

ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ބިދޭސީއަކާއެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ. މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުކަމަށް ބެލެވޭ މީހެއްވެސް ހަމަ ނާޒިމް ސައްތާރާއި އެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބިދޭސީ މިހާއާއިއެކު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.

ކާނަލް އަދި ނާޒިމް ސައްތާރުގެ އިތުރުން ބިދޭސީ މިހާގެވެސް ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ކާނަލް އާއި ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް ކުރެވޭ ތުހުމަތުތައް ވަނީ ދޮގުކުރައްވާފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 17%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޯ ނުވާނެ ފުލުހުންގެ ވަޒީފާގަ މިހާރުކިނެތް ތިޔަަކަން ކުރެވޭވަރުގެ އާރެއްބާރެއްް ހުރި އިންސާނަކު ނިކަމެތިން ބުލީކޮށް އަނިޔާކޮށްގެން ހިތްހަމަޖައްސުން އޮތީ މިއީ މިއަދުގެ ހަގީގަތަކީ އެމީހުންވެސް ކައިގެބްބޮއގެން އުޅެވެންއޮތީ އެގޮތައް މިހާރަކު ޤަދަރެއް އިއްޒަތެއްނޯންނާނެ ބަޑުފުރެންޏާ ނިމުނީ މިގައުމުގަ ދީނީ ތާޖު އެޅިމީހުންވެސް ކާންލިބެންޏާ އޯކޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: