ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހދ ކުޅުދުއްފުށީގައި ހައުސިންގް ޔުނިޓުތަކެއް އެޅުމަށް ސޮއި ކޮށްފި

ހދ ކުޅުދުއްފުށީގެ ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: ފޮޓޯ/ ހައުސިންގް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ކުޅުދުއްފުށީގައި 400 ހައުސިންގް ޔުނިޓު އިމާރާތް ކުރުމަށް، ހައުސިންގް މިނިސްޓްރީއާއި، ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އާއި ދޭތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވިއްޖެއެވެ.

ދިވެހި ސަރުކާރުން 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 439،991،160 $(ހަތަރުސަތޭކަ ތިރީސް ނުވަމިލިއަން ނުވަސްތޭކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ) ހަރަދުކޮށްގެން ހިންގާ، މި މަޝްރޫއުގެ ތެރެއިން އަޅާ ހައުސިންގް ޔުނިޓުތައް ނިންމުމަށް ކަނޑައެޅިފައިވަނީ، 540 ދުވަހެވެ.

މި އެއްބަސްވުމުގެ ދަށުން އަޅާ ކޮންމެ ޔުނިޓެއްގައިވެސް 3 ކޮޓަރި، 3 ފާހަނަ، ސިޓިން ރޫމު، ބަދިގެ، ކާގޯ، ލޯންޑަރީ އަދި ސްޓޯރ ރޫމެއްވެސް ހުންނާނެއެވެ. އަދި ޔުނިޓު ތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިންހަމަޖެހުމަށްޓަކައި، ޔުނިޓުތައް ވަށައިގެން ޕާކެއްވެސް ބިނާ ކުރާނެކަމަށް ހައުސިން މިނިސްޓްރީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން ހދ ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ، ހައުސިންގް ޔުނިޓްތައް ހުންނާނީ 11 ބުރިޔަށް އިމާރާތްކޮށްފައިއެވެ. ޔުނިޓެއްގެ ގްރައުންޑް ފްލޯރ ބޭނުން ކުރެވިގެންދާނީ، ކޮމާޝަލް އަދި މެއިންޓެނެންސް އޮފީސްތައް ހެދުމަށް ކަމަށްވާއިރު، އެތަނުގައި ކޮންމެ އެޕާޓްމެންޓަކަށް ސައިކަލު ޕާކު ކުރާނެ ޖާގައެއްވެސް ދެވިގެންދާނެއެވެ.

ހދ ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ ހައުސިންގް ޔުނިޓުގެ މަޝްރޫއުގެ އެއްބަސްވުމުގައި، ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ހައުސިންގް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނަރަލް، އަހުމަދު ވިޝާންއެވެ. އަދި ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޖޮއިންޓް ވެންޗާ ކުންފުނި، ޓުވެންޓީ ތަރޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ދޮންބޭޒް ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ހަމްދޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: