ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދަނީ

ކްރިމިނަލް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ މަގާމުގެ މުސާރަ އަކީ މަހަކު 30.000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސް ގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސް ގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ފަނޑިޔާރުކަށް އައްޔަން ކުރެވޭ މީހަކަށް ފޯން އެލަވަންސާއި މެޑިކަލް އިންޝިއުރެންސް، ދިވެހިރާއްޖޭގެ ފަނޑިޔާރު ކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ލިބޭނެއެވެ

އެމަގާމަށް އެދި ފޯމް ހުށައެޅުމުގެ ސުންގަޑި ހަމަވާނީ މި އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ފޯމް ހުށައެޅުމަށް admin@jsc.gov.mv އަށް މެއިލް ކުރުމަށް ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވެއެއެވެ.

ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކު ހޯދުމަށް އިއުލާންކޮށްފައިވަނީ އެ ކޯޓްގެ ފަނޑިޔާރުކަމުގައި ހުންނެވި ދީބަނާޒް ފަހުމީ ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖޭއެސްސީ އިން ނިންމުމަށް ފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: