ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުން މިދިޔަ އަހަރުތެރޭގައި 1000 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި

ކްރިމިނަލް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުން ނިމިދިޔަ 2022 ވަނަ އަހަރު 1000 އަށް ވުރެ ގިނަ މައްސަލަ ނިންމައިފިއެވެ.

ކްރިމިނަލް ކޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އެކޯޓުން ވަނީ 1098 މައްސަލަ ނިންމާފައެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 786 މައްސަލަ އެވެ.

މިދިޔަ އަހަރު ރަޖިސްޓަރ ކުރެވުނު މައްސަލަތަކަށް ބަލާއިރު، ނިންމި މައްސަލަ އަށް 16 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. އެގޮތުން 2021 ވަނަ އަހަރު ނިންމާފައިވަނީ 701 މައަސަލަ އެވެ. އަދި 2021 ވަނަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 773 މައްސަލައެވެ.

ކްރިމިނަލް ކޯޓްގެ މިދިޔަ އަހަރުގެ  ތަފާސް ހިސާބު ދައްކާގޮތުގައި އެންމެ ގިނަ މައްސަލަ ހުށަހެޅުނީ ޖޫން މަހުގެ ތެރޭގައިއެވެ.

2022 ވަނަ އަހަރުގެ  ޖޫންމަހު ކްރިމިނަލް ކޯޓަށް 165 މައްސަަލަ އެއް ނިންމާފައިވެއެވެ.

މިދިޔަ އަހަރު ކްރިމިނަލް ކޯޓްގައި 12،757 އަޑުއެހުމެއް ޝެޑިއުލް ކުރެވިފައިވެއެވެ. ޝެޑިއުލް ކުރެވުނު އަޑުއެހުމުގެ 59 ޕަސެންޓް އަޑުއެހުން ވަނީ ބާއްވާފައެވެ. އޭގެތެރެއިން 36 ޕަސެންޓް އަޑުއެހުން ކެންސަލްވެފައިވަނީ ޓެކްނިކަލް އަދި އިދާރީ ކަންކަމާއި ގުޅިގެން ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން  64 ޕަސެންޓް އަޑުއެހުން ކެންސަލްވެފައިވައީ އެކްސްޓާނަލް ސަބަބުތަކާއި ގުޅިގެން ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: