ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހީންގެ މަރު: އިތުރު ދެ ހެކިންގެ ހެކިބަސް ނަގައިފި

ޙާންޖީ ރެސްޓޯރެންޓުގައި ބިދޭސީއެއް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާބިދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓިރެންޓްގެ ތެރޭގައި ވަޅިން ހަމަލާދީ ބަންގްލަދޭޝްގެ ވެއިޓަރު އެމްޑީ ޝާހީން މަރާލި މައްސަލައިގައި އިތުރު ދެހެކިންގެ ހެކިބަސް ނަގައިފިއެެވެ.

އެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ  މުހައްމަދު އާބިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.

މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި އާބިދު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އެހާދިސާ ހިނގާފައިވަނީ ނަފްސުގެ ދިފާއުގައި ގެނައި ހަރަކާތެއްގެ ތެރެއިން ކަމަށް އާބިދުވަނީ ބުނެފައެވެ. އެހެންކަމުން ގަސްތު މަރުގެ ދައުވާއަށް އިންކާރު ކުރާ ކަމަށް އާބިދު ވަނީ ބުނެފައެވެ.

އެދުވަހުގެ އަޑުއެހުމުގައި ދައުލަތުންވަނީ ހެކި ހާމަކޮށްފައެވެ. މައްސަލައިގައި އާބިދާ ދެކޮޅަށް ދައުލަތުން 11 ހެކިން ވަނީ ހުށައަޅާފައެވެ. އޭގެތެރެއިން 4 ހެކިންގެ ހެކިބަސް މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވަނީ ނަގައިފައެވެ.

އެއީ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތް ކުރާ ޕާކިސްތާނު ރައްޔިތުން ތަކެކެވެ.

މިއަދުގެ ޝަރީއަތުގައި 2 ހެކިން ހާޒިރުކޮށް އެމީހުންގެ ހެކިބަސް ވަނީ ނަގައިފައެވެ.

އެދެމީހުންނަކީ ޝާހީން ގޮވައިގެން އެމްބިއުލާންސް ގައި ހޮސްޕިޓަލަށް ދިޔަ މުހައްމަދު ޔޫނުސް އާއި ރެސްޓޯރެންޓްގައި މަސައްކަތް ކުރި ޒައިން އަލީ އެވެ. އެ ދެމީހުންވެސް ބުނެފައިވަނީ ޝާހީންގެ މެޔަށް ލިބިފައިވާ ޒަހަމްތައް ނުފެންނަ ކަމަށެވެ. އަދި ޒަހަމަކަށް ފެނިފައިވަނީ ޝަމީމްގެ މޫނުގައި ހުރި ޒަހަމް އެކަނި ކަމަށް ދެމީހުންވެސް ވަނީ ބުނެފައެވެ.

މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާކީ ތިބި ފަސް ހެކިންގެ ހެކިބަސް ނަގައި ނިންމާނެ ކަމަށެވެ.

ބަންގްލަދޭޝްގެ ބްރަމަންބާރިއާ ސިޓީގެ ޗަމްޕޫރް ވިލެޖަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އެމްޑީ ޝާހީން އަށް ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގައި މިދިޔަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި އެރޭ ދަންވަރު ހައްޔަރުކޮށްފައިވަނި އެ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމުގައިވާ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދެވެ.

އާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ  ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އެކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދި ކުށުގައި ބައިވެރިވިކަން ސާބިތުވެއްޖެނަމަ 15 އަހަރާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝާހީން މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް އާބިދު ހައްޔަރު ކޮށްފައިވަނީ ހުޅުމާލެ ފޭސް ދޭއް ގެ އަތިރި މަތިންނެވެ. އެ މައްސަލައާއި ގުޅުން ހުރި އިތުރު މީހަކު  މިހާތަނަށް ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: