ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޖޭ މޯލްއަށް 100 އަށްވުރެ ގިނަ މުވައްޒަފުން ވަގުތުން ނަގަނީ! ވޯކިންގ އިންޓަވިއު އަންނަ ހޮނިހިރުގައި!

އެސްޖޭ ކުންފުނީގެ ފަރާތުން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ މޯލް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޖޭ މޯލްއަށް 100 އަށް ގިނަ މުވައްޒަފުން ވަގުތުން ނަގައި، ވޯކިންގ އިންޓަވިއު އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެސްޖޭއަކީ ވަރަށް ފުޅާކޮށް ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތާއި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. 26 އަހަރަށްވުރެ ގިނަ ދުވަހު މި ދާއިރާތަކުން ރާއްޖެއަށް ހިދުމަތްކޮށްދީފައިވާ މި ކުންފުނީގެ ފަރާތުން އޯޕަން ޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ފަރާތުން އަލަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ މޯލްއަށާއި ކުންފުނީގެ މަޝްރޫއުތަކުގެ ހިންގުމަށެވެ.

އަލަށް ހުޅުވާ މި މޯލް ހުޅުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. އެއާއިއެކު މި މޯލް ވެގެންދާނީ ހުޅުމާލޭގައި ހުޅުވާ އެންމެ ބޮޑު މޯލްއަށެވެ.

އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު 14:00 އިން 18:00 އަށެވެ. އޯޕަންޑޭ އޮންނާނީ އެސްޖޭ މޯލް، ބޯގަންވިލާ މަގު ލޮޓް ނަމްބަރު 11608 ގައެވެ. މި ވޯކިންގ އިންޓަވިއުއިން ވަގުތުން މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާއިރު، މި މުވައްޒަފުންނަށް އެސްޖޭގެ ފަރާތުން ތަމްރީނުތައް ދޭނެއެވެ.

އޯޕަންޑޭގައި މުވައްޒަފުން ނަގާނެ މަގާމުތަކުގެ ތެރޭގައި:

  • ކޭޝިއަރުން
  • އެޑްމިނިސްޓްރޭޓިވް އޮފިސަރުން
  • ޕްރޮޖެކްޓް ކޯޑިނޭޓަރ
  • ރިސެޕްޝަނިސްޓް
  • ކޯސްޓް އެކައުންޓެންޓް،
  • އެކައުންޓް އެސިސްޓެންޓް
  • ސޭލްސް އެންޑް މާކެޓިންގ އޮފިސަރ
  • ޕްރޮކިއުމެންޓް އެންޑް ޕަރޗޭސިންގ އޮފިސަރ
  • ޕޭރޯލް އޮފިސަރ
  • ވެއަރ ހައުސް އެސިސްޓެންޓް

ކުންފުނިން މައުލޫމާތުދީފައިވާ ގޮތުގައި ހުޅުމާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ މޯލް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވިގެންދާނެއެވެ.

 

ވަރަށް ގަދަ
54%ވަރަށް ގަދަ 27%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: