ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ގޮނޑުދޮށުގައި ގިނައަދަދެއްގެ ބޯޓް ދެލި ތަކެއް ލައްގަން ފަށައިފި

ހުޅުމާލެއަށް ތާރު ލައްގާފައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ގޮނޑުދޮށުގައި ގިނަ އަދެއްގެ ބޯޓް ދެލިތަކެއް ލައްގާ ޖަމާވާން ފަށައިފިއެވެ.

ބޯޓް ދެލި ހުޅުމާލޭ ގޮނޑުދޮށަށް ލައްގަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ.

ސަންގަށް މައުލޫމާތު ދެމުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ހުޅުުމާލޭ ސަހަރައްދަށް ބޯޓް ދެލި ގިނަ އަދަދަކަށް ލައްގަމުންދާ ކަމަށާއި، އެއީ ބެލެވޭ ގޮތުގައި އެސަރަހައްދުގައި އޮތް ބޯޓަަކުން ކަނޑަށް އެޅިފައިވާ ދެލިތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

“އެ ސަހަރައްދު މޫދަށް ފޭބުމަކީ ރަނގަޅު ކަމެއްނޫން. ސާފް ކޮށް ނިމެންދެން މޫދަށް ނުފޭބުމަށް އިލްތިމާސް ކުރަން “

ނައީމް ވިދާޅުވީ ބޯޓް ދެލި ގައިގެ ހަމުގައި އުނގުޅުމުގެ ސަބަބަުން ގައިގެ ހަމަށް ކަމެއް ވެދާނެ ކަމަށާއި، މޫދަށް ފޭބުމަކީ ރަނގަޅު ކަމެއްނޫން ކަމަށެވެ. އެ ސަރައްދު ސާފުކުރުމުގެ މަސައްކަތް އާބަންކޯއިން ކުރާނެ ކަމަށާއި، ރާއްޖޭގެ އެއްވެސް ރަށެއްގެ ފަޅެއް ނުވަތަ ގޮނޑުދަށަށް މީގެ ކުރިން މި ވަރަށް ބޯޓް ދެލި ލައްގާފައި ނުވާ ކަމަށް ނައީމް ވިދާޅުވިއެވެ.

ބޯޓް ދެއްޔަކީ ބޯޓްގައި ހުންނަ ތެޔޮ ކަނޑަށް އެޅުމުގެ ސަބަބުން ގިނަދުވަސްވެ އުފެދޭ އެއްޗެއް ކަމަށާއި، މި ކަން ހިނގައިދިޔަ ގޮތް ދިރާސާ ކުރަމުންދާ ކަމަށް ނައީމް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރެއް ކަމުން ކަނޑުގައި ހުންނަ މި ޒާތުގެ ތަކެތި އެއްގަމަށް ލެއްގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: