ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބަންކޯއާއި އެމްއައިޓީ ގުޅިގެން ހުޅުމާލޭގައި ކޮލެޖެއް ގާއިމްކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހަ ފަންގިފިލާގެ ކޮލެޖެއް ގާއިމުކޮށް ހިންގުމަށް އާބަންކޯ އިން މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ)އާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ މި ކޮލެޖު އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެެވެ. މި އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމް އެވެ.

އާބަންކޯ އިން ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ދަރިވަރުންނަނަށް ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް, މަޝްރޫއާއި ގުޅޭ މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ.

ހުޅުމާލޭގައި މިވަގުތު ހަތަރު ކޮލެޖެއް އަންނަނީ ހިންގަމުންނެވެ. އެއީ ފުރަތަމަ ފިޔަވަހީގައި ހުންނަ އެމްއައިޓީގެ ކޮލެޖު، ވިލާ ކޮލެޖު ހުޅުމާލެ، މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލާއި އަހްތާ އިންސްޓިޓިއުޓް އެވެ.

އޭގެ އިތުރުން ސީއެޗްއެސްއީގެ އިމާރާތެއް ހުޅުމާލޭގައި މިހާރު ހިންގަމުން އަންނައިރު ހުޅުމާލެ ތަރައްގީކުރުމުގެ މާސްޓާ ޕްލޭނުގެ ދަށުން ދެވަނަ ފިޔަވަހީގައި ފަސް ސްކޫލެއް އެޅުމުގެ މަސައްކަތް އާބަންކޯ އިން މިހާރުވެސް ވަނީ އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފަރާތަކުން ތަރައްގީކުރާ އިންޓަނޭޝަނަލް ސްކޫލެއް ވެސް ހުންނާނެ ކަމަށް އާބަންކޯ އިން ވަނީ ހާމަކޮށްފަ އެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: