ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ކޯޓުގައި ބުނީ ވަޅި ގެންގުޅުނީ ކޭކެއް ފަޅަން ކަމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ އަތުން ފެނުނު ވަޅިއަކީ އޭނާ ކޭކެއް ފަޅަން ގެންގުޅުނު ވަޅިއެއް ކަމަށް ކްރިމިނަލް ކޯޓްގައި ބުނެފިއެވެ.

ބިދޭސީއެއްގެ އަތުން ފޭރުމަށް އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ އުނގޫފާރުގެ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހައްޔަރުކުރި  މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން، އޭނާ ދިފާއުގައި ބުނެފައި ވަނީ ހާދިސާ ހިނގި ތަނަށް އޭނާ ގޮސް ހުރީ އަންހެން ކުއްޖަކު ބުނެގެން އޭނާ ސަލާމަތްކުރަން ކަމަށެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، ހާދިސާ ހިނގި ވަގުތު ގެންގުޅުނު ވަޅިއަކީ ކޭކެއް ފަޅަން ގެންގުޅުނު ވަޅިއެއް ކަމަށް ވެސް ކޯޓުގައި އޭނާ ވަނީ ބުނެފައެވެ.

އޭނާގެ ހަށިގަނޑުގައި ހުރި ޒަހަމް ލިބުނު ގޮތް ކިޔައިދެމުން ބުނެފައި ވަނީ، އެއީ ވަޅި ވެއްޓުމުން އޭގައި ހިފަން އުޅެނިކޮށް ވަޅީގެ މިޔައިގައި ހިފިގެން ވީ ގޮތެއް ކަމަށެވެ.

އެމައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ މީހާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ 10 ދުވަހަށް ބަންދު ކުރުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: