ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ އާޒިމް ސަރުކާރަށް ޓެކްސް ބޮޑު ކުރަން ފުރުސަތެއް ނުދޭނަން، ސިޔާސީ މަގާމްތައް މަދުކުރޭ

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅިގެން ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމި ނަމަވެސް އެ ފުރުސަތު ސަރުކާރަށް ނުދެއްވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިފަދައިން ވިދާޅުވީ ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ ބައެއް ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ނިންމުމާފައިވާ ދަނޑިވަޅެއްގައެވެ.

ދިވެހި ރާއްޖޭގެ މާލީ ހާލަތާއި، އިގްތިސޯދީ ހާލަތު ބަޔާންކުރުމަށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅު ކަމަށް އަމީރު ވިދާޅުވީ، ބައެއް ޓެކްސްތައް އިތުރު ކުރުމެވެ. އެގޮތުން ޓީގީއެސްޓީ އަދި ޖީޖީއެސްޓީވެސް އިތުރު ކުރުމަށް ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުން، ޓީޖީއެސްޓީވަނީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައިކަމަށާއި، މިހާރު ނަގަމުންދާ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.ޖީއެސްސީ އަކީ ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެކެވެ.

އަލީ އާޒިމް ވިދާޅުވީ ސިޔާސީ ވަޒީފާތައް މަދުކޮށް، ކޮންކްރީޓްއަށްކުރާ ހޭދެ މި ވަގުތައް މަޑުޖައްސާލުން މާމުހިންމު ކަމަށެވެ. އަދި ސިޔާސީ މަގާމްތައް މަދުކުރުމުގެ ބަދަލުގައި ރައްޔިތުން އަތުން އަތުލުމުގެ ވިސްނުން ސަރުކާރުގައި ހުރިކަންާ ފާހަގަ ކުރައްވާ އަލީ އާޒިމް ވިދދާޅުވީ ޓެކްސް ބޮޑުކުރުމުގެ ފުރުސަތު މިވަގުތު ސަރުކާރަށް ދެވެން ނެތް ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ، ދައުލަތުގެ ފަރާތުން އެކި ކަންކަމުގައި، ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީގެ ހިދުމަތައް ބަދަލުތަކެއް ގެނައުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރުދަނާ ކުރުމާއި، ބައެއް މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރުން ގައުމު ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުންވެސް ހިމެނޭކަމަށް އަމީރުވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: