ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފި

އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބަދަލުގެނައުން: ފޮޓޯ އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުގައި އެމްޓީސީސީ އިން ދެމުންގެންދާ ބަސް ދަތުރުތަކުގެ ޝެޑިއުލަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީ އިން ބުނީ ބަދަލު ގެނެސްފައިވަނީ މާލޭގެ ވެސްޓް ޕާކުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސް ދަތުރުތަކާއި، މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކުރާ ބަސްދަތުރުގެ ގަޑިތަކަށް ކަމަށެވެ.

އެގޮތުން އެ ދަތުރުތަކުގެ ގަޑި މެންދަމު 12:15 އާ  ހަމައަށް އިތުރުކޮށްފައިވާ ކަމަށާއި އެބަދަލާއެކު މެންދަމު 12:00 ގެ ޑިއުޓީ ނިންމާފައި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވެގެން ދާނެކަމުގައި އެމްޓީސީސީއިން ބުނެފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯތަށް ( ވީއައިއޭ ) އަށް ކުރާ ބަސްދަތުރުތަކުގެ ޝެޑިއުލް އަށް ގެނެވުނު ބަދަލަކީ ކުރިން ކޮންމެ އެއްގަޑިއިރަކުން އެއަރޕޯޓަށް އޮންނަ ބަސް ދަތުރު މިހާރު ކޮންމެ 30 މިނެޓަކުން ބޭއްވުމެވެ. މި ބަދަލާއެކު އެއަރޕޯޓަށް އެމްޓީސީސީގެ ބަހުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: