ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދުގެ ފޮޓޯ ހިއްސާކޮށްގެން، ސެމްސަން ގެލެކްސީ އެސް 21އެއް ހޯދުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

އަޟްޙާ ޢީދުގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

“ޢީދު ގިވްއަވޭ” ގެ ގޮތުގައި އެ ކުންފުނިން ހުޅުވާލަާފައިވާ މި ފުރުސަތުގައި ބައިވެރިވުމަށްޓަކައި ޢީދުގެ އުފަލުގައި ނަގާ ފޮޓޯތައް ހިއްސާ ކުރާއިރު އުރީދޫ ޓެގްކޮށް ކަމަށް ޚާއްސަ ހޭޝްޓެގް #EidMajaa ބޭނުން ކުރުމުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. ފޮޓޯ ހިއްސާ ކުރަން ވާނީ ޕަބްލިކް އެކައުންޓަކުން ކަން ފާހަގަކޮށް އުރީދޫ އިން ބުނެފައިވަނީ ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުން ވެސް ފޮޓޯ ހިއްސާ ކުރެވޭނެކަމަށެވެ.

ގުރުއަތުލުމުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59 ޖަހާއިރެވެ.

އުރީދޫ އިން ވަނީ މި ފަހަރުގެ ބޮޑު ޗުއްޓީއަށް ހާއްސަކޮށް ޑޭޓާ ޕެކޭޖެއް ވެސް ތައާރަފުކޮށްފައެވެ. 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ލިބޭ އެ ޕްރޮމޯޝަންގެ ދަށުން ލިބޭ ޑޭޓާ ތިން ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: