ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީބަސްތައް ގެނެސްފި

އެމްޓީސީސީގެ ފަރާތުން މިނީ ބަސްތައް މާލެ ގެނައުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމަށް ބޭނުންކުރާނެ 36 މިނީ ބަސް މާލެ ގެނެސްފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

މިނީ ބަހުގެ ހިދުމަތް ފަށަންވާއިރަށް މާލޭގެ ޓްރެފިކަށް ގެންނަން ޖެހޭ ބަދަލުތައް ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ކުރަމުން ދާ ކަމުގައި އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ މިނީ ބަސްތަކެކެވެ.

އެމްޓީސީސީ އިން ބުނެފައިވާ ގޮތުގައި މިނީ ބަސްތައް ދަތުރުކުރާ ރޫޓުތައް ކަނޑައަޅާނީ މާލޭގެ ބޮޑެތި މަގުތައް ހިމެނޭހެން ކަމަށާއި މިނީ ބަހުގެ ރޫޓާއި މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ބަސްދަތުރުގެ ރޫޓާއި މިނީ ބަހުގެ ރޫޓްވެސް ގުޅުވާލާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: