ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޖީއެސްޓީ ބޮޑު ކުރަން ރަނގަޅު، ޖީއެސްޓީ މިވަގުތު ބޮޑު ކުރަން ނުފެނޭ: އައިއެމްއެފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ޓީޖީއެސްޓީ ބޮޑު ކުރުމަކީ އެކަށީގެންވާ ފިޔަވަޅެއްކަމަށާއީ، އެހެން ނަމަވެސް 2024 ވަނަ އަހަރުގެ ކުރިން ޖީއެސްޓީ ބޮޑު ކުރާކަަށް ނުފެންނަކަމަށް އިންޓަރނޭޝަނަލް މޮނިޓަރީ ފަންޑް(އައިއެމްއެފް)އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން ހަދާފައިވާ ރީސާޗް ރިޕޯޓެއްގައި އައިއެމްއެފްއިން ބުނެފައިވަނީ، ދިވެހި ފަތުރުވެރިކަމަށް އޮންނަ ޑިމާންޑަކީ ބޮޑެތި ބަދަލުތަކެއް އަންނަ ސިނާއަތަކަށް ނުވުމާއި، އެ ސިނާއަތުން ލިބޭ ފައިދާތައް ބޮޑުކަމަށް ވުމުން، ރިސޯޓުތަކުން ދައްކަމުން އަންނަ ޓީޖީއެސްޓީ ބޮޑުކުރުމަކީ އެކަށީގެންވާކަމެއް ކަމަށް އެ މުއައްސަސާއިން ދެކޭކަމަށެވެ.

ޓީޖީއެސްޓީ ބޮޑު ކުރުމުން ފަތުރުވެރިކަމުގެ ސިނާއަތައް ލޮޅުމެއް އައިސްފާނެކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ނުދެކޭ ކަމަށް ފާހަގަކޮށް، އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރޫމުތައް ވިއްކާ އަގާއި ބަލައި، ނަގަމުންދާ ގްރީންޓެކްސްވެސް ކުޑަކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މާކެޓުތަކުގައި ތަކެތީގެ އަގުތައް އުފުލެމުން އަންނާތީ، އަދި ކޮވިޑް19ގެ އަސަރުތައް ކެނޑިގޮސްފައިނުވާތީ، 2024 ވަނަ އަހަރާއި ޖެހެންދެން ރާއްޖޭގެ ޖީއެސްޓީ ބޮޑު ނުކުރުމަށް އިލްތިމާޒް ކުރާކަމަށް އިންޓަރނޭޝަނަލް މޮނެޓަރީ ފަންޑް(އައިއެމްއެފް)އިންވަނީ ބުނެފައިއެވެ.

ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ އެދުމުގެ މަތިން، އައިއެމްއެފްއިން ހަދާފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، ކޮވިޑް19ގެ ކުރިން ދިވެހި އިގްތިސޯދު އޮތް ހާލަތައް ދިއުމުގެ ކުރިންނާއި، ބާޒާރުގައި ވިއްކާތަކެތީގެ އަގުތައް ހަމަތަކެއްގެ މަތީ ހިފެހެއްޓުމުގެ ކުރިން ޖީއެސްޓީ ބޮޑު ކުރުމަކީ އެދެވޭ ކަމެއް ކަމަށް އެ މުއައްސަސާއަށް ނުފެންނަކަމަށެވެ.

ޖީއެސްޓީ ބޮޑު ކުރުމަށް ފެންނަނީ، ކޮވިޑް19ގެ ކުރިއެކޭ އެއްފަދައިން މާލީ ހާލަތު ރަނގަޅުވެދިއުމުންކަމަށް ފާހަގަކޮށް، އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ، މިވަގުތު ދުނިޔޭގައި ތަކެތީގެ އަގުތައް ބޮޑުވަމުން އަންނާތީއާއި، ކޮވިޑް19ގެ ބަލިމަޑުކަމަށްވެސް ހައްލެއް ގެނެވިފައިނުވާތީ، 2024 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ޖީއެސްޓިއަށް ބަދަލުތަކެއް ގެނައުމަކީ ކުރަން ރަނގަޅުކަމެއް ކަމަށް އެ މުއައްސަސާއިން ނުދެކޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: