ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާއާއި އަހްމަދުގެ މަގާމް ހުސްވާތީ ޗެއަރޕާސަން ނައިބުންނަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަުތު އެޕާޓީއިން ހުޅުވާލައިފިއެވެ.

އެމްޑީޕީއިން  ބުނީ މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒާއި އަދި މާލީ އަހްމަދު އަބްދުﷲގެ މަގާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ގައި ހަމަވާނެކަމަށެވެ. އެހެންކަމުން އެ މަގާމުތަކަށް ކުރިމަތިލުމަށް ވޭނުންވާ އެމްޑީޕީގެ މެމްބަރުންނަށް އެފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަދި އިދާރީ އިންތިހާބު އޮންނާނީ އަންނަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު އޮންނަ ކޮންގްރެސްގައި ކަމަށާއި ކޮންގްރެސްގައި ބައިވެރިވާ ބޭފުޅުންނަށް ވޯޓްލެވޭނެ ކަމުގައި އެޕާޓީން ބުނެފައިވެއެވެ.

ޗެއަރޕާސަންގެ ނައިބު މާލީ އަދި އިދާރީ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށައަޅަންޖެހޭ އެންމެހައި ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު މި ޖުލައި މަހުގެ 25 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން އެމްޑީޕީ އޮފީހަށް ހުށައެޅުމަށް އެޕާޓީއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: