ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ދިވެހިންތަކަކާއި އެކު އެއްޖިންސުން ގުޅުން ހިންގި އަލަމްގިރީގެ ބަންދަށް އިތުރު 15 ދުވަސް!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ޕްރޮފައިލް ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފްވެފައިވާ ބަންގަލަދޭޝްގެ އަލަމްގިރީގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިނގާކަމަށް ބުނާ ވީޑިއޯތަކެއް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެގެން އައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުކަމަށް ބުނާ ބޭފުޅަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމާއި އެކު އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ ބޭފުޅަކު ބަރަހަނާ ހާލުގައި އިތުރު އަންހެނަކާއި، ފިރިހެނަކާއި އެކު ތިބޭ ފޮޓޯ އެއް އާއްމުވި އެވެ. އަދި އޭގެ ފަހުން ކާނަލްކަމަށް ބުނާ މީހެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށް، ފަހުން ވީޑިއޯއެއް އާއްމު ކުރި އެވެ.

މި މައްސަލައިގައި ހިމެނޭ އަލަމްގިރި ނަމަކަށް ކިޔާ ބިދޭސޭ މީހާ އާއި، ނާޒިމް އަދި ކާނަލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ވީޑިއޯ ލީކުވި ފުލުސް އޮފިސަރު ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އަލަމްގިރިއަކީ 43 މީހެއްގެ ވީޑިއޯ މިގޮތަށް ނެގި މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ސިޔާސީ ބޮޑެތި މީހުންނާއި، އެ މީހުންގެ ދަރީންކަމަށް އަޑުވަނީ ފެތުރިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: