ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖެއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އައިސްފިއެވެ.

މި ދަތުރަކީ އިންޑިއާ މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީ އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ. މިދަތުރު ކުރިއަށް ދާނީ މިމަހުގެ 16 އިން 22 އަށެވެ.

އިންޑިއާއިން ރާއްޖެއައި ޓްރެވެލް އެޖެންޓުންގެ ޓީމުގައި ހިމެނެނީ އެމް ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަން އަދި ހޮލިޑޭ ކާމާގެ މެމްބަރުންނެވެ.

މިދަތުރުގައި ރާއްޖޭގެ މެހެމާންދާރީއާއި ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް އަދި ރާއްޖެއިން ލިބޭ ކެއުންތައް އެޓީމުން ތަޖުރިބާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގެ ބޭނުމަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ގޮންޖެހުންތަކަށްފަހު ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމާއި މަގުބޫލުކަން އިތުރުކޮށް ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ ހިދުމަތްތަކާއި ތަޖުރިބާތަކާއި މެދު އިންޑިއާގެ މާކެޓްގައި ރާއްޖޭގެ ހޭލުންތެރިކަން އިތުރުކޮށް އިޝްތިހާރު ކުރުމެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ބުކިންގތައް އިތުރުވާނެކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ލަފާކޮށްފައެވެ.

އިންޑިއާ މާކެޓަށް އަމާޒުކޮށް އޯޓީއެމް، ސާޓޭ އަދި ޓީޓީއެފްގައި ވެސް މި އަހަރު އެމްއެމްޕީއާރުސީ އިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ދިވެހި ރާއްޖޭގެ ހާއްސަ ރޯޑްޝޯ އެއްވެސް ވަނީ އިންޑިއާގައި ބާއްވާފައެވެ. ތޯމަސް ކުކް އާއި ޕިކްޔޯ ޓްރެއިލް އަދި ވިސްޓާރާ އިންފްލައިޓް މެގަޒިން އާ އެކު ޖޮއިންޓް މާކެޓިންގ ކޭމްޕްތައްވެސް މިހާރު ވެސް އެމްއެމްޕީއާރުސިން ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މި އަހަރުގެ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް އަމާޒުކޮށްގެން އިތުރުގިނަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމެވެ. އެގައުމުން މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: