ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީގެ ޗެެއަރޕާސަންގެ ނައިބަކަށް ފައްޔާޒް ފަޅިން އިބްރޭ، ނަޝީދު ކެންޑިޑޭޓެއް އަދި ނުދައްކާ!

އިބްރާހިމް ވަހީދު (އިބްރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އިދާރީ ކަމުގެ މަގާމަށް އިބްރާހިމް ވަހީދު (އިބްރޭ) ކުރިމަތިލައްވައިފިއެވެ. އިބްރޭ ޗެއަރޕާސަންގެ ނައިބަކަށް ކުރިމަތި ލައްވާފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ފެކްޝަނުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒް އިސްމާއިލްގެ ކެމްޕޭން މެނޭޖަރު ކަންވެސް ކުރެއްވި އިބްރޭ ގެންދަވަނީ ޗެއަރޕާސަން ނައިބު ކަމުގެ ތާއީދު ފޯމު ފުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އިބްރޭ އަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ބުނަމުންގެންދަނީ އިބްރޭގެ ހިންގުންތެރިކަމާމެދު ޝައްކު ނުކުރާ ކަމަށާއި އެމީހުން ތިބީ އޭނަ އާއި އެކު ގަދަކޮށް އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

އިބްރޭ އަށް ތާއީދު ކުރައްވާ ފަރާތްތަކުގެ ތެރޭގައި މިހާރު ޗެއަރޕާސަންގެ ނައިބު މާލީގެ މަގާމުގައި މިހާރު ހުންނެވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ޗެއަރޕާސަންގެ މާލީ ނައިބު ކަމުގައި 3 އަަހަރު އަދި ޗެއަރޕާސަންގެ ނައިބު އިދާރީ ކަން 5 އަހަރު ކުރެއްވިއްޖެ ކަމަށް ވިދާޅުވެ ދެން އެމާގަމަށް ކުރިމަތި ނުލައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ފައްޔާޒްގެ ފަޅިން އިބްރޭ ކެންޑިޑޭޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދަވާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ޗެއަރޕާސަންގެ ނައިބުގެ މަގާމަށް އަދި މިހާތަނަށް އެއްވެސް ބޭފުޅެއް ކުރިމަތިލާފައިވާ މަންޒަރެއް ނުފެނެއެވެ.

ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަދި އިދާރީ އިންތިހާބުގެ ވޯޓްލުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ ކޮންގްރެސްގެ ތެރޭގައި ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: