ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަައް ހޯދައިދިނުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތައުލީމާއި ހުނަރު ލިބިގަތުމުގެ ގިނަ ފުރުސަތުތަކެއް ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު ހޯދައިދިނުންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި ހައި އެޗިވާރަސް ލިޔުން ހަވާލުކޮށްދިނުމަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ސްކޮލަރޝިޕްތައް ހޯދާފައިވާ ދަރިވަރުން، މަތީ ތައުލީމުގެ ދާއިރާތަކުގައި ހާސިލްކުރަމުންދަނީ ވަރަށް ފޮނި ކާމިޔާބީ ތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ދަރިވަރުން ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރަމުން ގެންދާކަމީ ގައުމުގެ ކުރިމަގަށްޓަކައި އެކުދިން އެޅި ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.

ސަރުކާރުން ދަރިވަރުންނަށް ފޯރުކޮށްދެމުންދާ ތައުލީމީ ފުރުސަތުތަކާއި ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ ހުނަރުވެރި ޒުވާނުން ތަމްރީން ކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރާއި ޖޫނިއަރ ކޮލެޖެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ދެރަށެއްގައި މިހާރުވެސް ކުރިއަށް ދާކަމަށާއި އިތުރު ރަށްރަށުގައި މިފަދަ މަރުކަޒުތައް ލަސްނުވެ ފެށިގެން ދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ދަރިވަރުންނަށް ފަހިކޮށްދެވެމުންދާ ތައުލީމުގެ ފުރުސަތުތަކާއި ބެހޭ ގޮތުން ރައީސް ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސްކީމް ތައާރަފްކޮށް މިއަދާ ހަމައަށް 14711 ދަރިވަރުންނަށް އެ ޕްރޮގްރާމް އިން ވަނީ ފުރުސަތު ހޯދައިދެވި 4696 ދަރިވަރުން ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައި ކަމަށެވެ.

މީގެ އިތުރުން ސެޓެލައިޓް ސްކޫލް ފަދަ ޒަމާނީ އީޖާދީ ވިސްނުންތަކުގެ އަލީގައި ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުވާނެ މަރުހަލާއަކަށް އާދެވިފައިވާ ކަމަށާއި އެ އިންތިޒާމްގެ ދަށުން ދަރިވަރުންނަށް އުގަންނައިދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައިދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގެ 7 ރަށެއްގައި އަލަށް ސާނަވީ ތައުލީމްދޭން ފަށާފައިވާ އިރު އިތުރު 3 ރަށެއްގައި އަލަށް ކިޔަވައިދޭން ފެށިފައިވާ ކަމުގައި ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި 6 ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕްގެ ލިޔުން ލިބުނު ދަރިވަރުންގެ ތެރޭގައި ހިމެނެނީ ސީއެޗްއެސްސީގެ ފަސް އަންހެންދަރިވަރުންނާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އަންހެން ދަރިވަރެކެވެ.

މި ޖަލްސާގައި ރައީސްވަނީ މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ހާސިލްކުރި ދަރިވަރުންނާއި ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކިޔަވާ ނިމުމުން ދެން އޮތީ ކޮންކަހަލަ ފުރުސަތު ތަކެއްތޯ؟ މިޤައުމުގަ ތިބި އެތައް ލައްކަ ބިދޭސީންނާއި ހެދި ވަޒީފާ އާއި ބޯހިޔާވަހިކަން ދިވެހިންނަށް ހާދަ ދަތިވެއްޖެއޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: