ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެ!

އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އިން މާލެ ގެނައި ބަސްތަކުގެ ތެރެއިން ބަހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް މާލެ އާއި އަތޮޅު ތެރޭގައި ދިނުމަށް އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަހުގެ ފުރަތަމަ ޝިޕްމަންޓް މާލެ ގެނެވުނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ ޝިޕްމަންޓްގައި 36 މިނީބަސް ވަނީ ރާއްޖެ ގެނެވިފައެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅުގައި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި އެމްޓީސީސީ އިން ބުނެފައިވެއެވެ.

ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ  މާލެ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލ ގަމާއި  ލ އިސްދޫ އާއި ލ ފޮނަދޫ އަދި ލ ކަލައިދޫގައެވެ.

ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން  މުޅި ރާއްޖެ ގުޅުވާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ހިދުމަތެކެވެ.

އާރުޓީއެލް ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތްތަކުގެ ތެރޭގައި ހިމެމެނީ އާރުޓީއެލްގެ ފެރީގެ ހިދުމަތާއި އާރުޓީއެލް ބަހުގެ ހިދުމަތެވެ.

އާރުޓީއެލްގެ ފެރީގެ ހިދުމަތް ވަނީ ހއ އާއި ހދ އަތޮޅުގައި ފަށާފައެވެ. އަދި ށ އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރު ވަމުން ދާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

އަލަށް ގެނެވުނު ބަސްތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.ީ ބަހުގެ ހިދުމަތް ދޭން ފެށުމާއެކު 2021 ވަނަ އަހުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު އެމްޓީސީސީ އިން ހަވާލުވެފައި އޮތް އަތޮޅު ތެރޭގެ ބަހުގެ ހިދުމަތް ފެށިގެންދާނެ ކަމުގައި އެކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭގައި ދުއްވާ މިނީ ބަހުގެ ހިދުމަތްވެސް ފެށިގެންދާނެ ކަމުގައި އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެވެ.

އެމްޓީސީސީގެ މަގްސަދަކީ ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ހިދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށް އެކުންފުނިން ބުނެއެވެ އަދި އާރުޓީއެލް ބަހުގެ ހިދުމަތާއި ގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބެންހުންނާނެ ކަމުގައި ކުންފުނިން ހާމަކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: