ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލައިގައި ސަރުކާރުން އެއްބާރުލުން ނުދޭ: މުއިއްޒު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަން ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވޭތުވެދިޔަ 14 މަސްދުވަސް ތެރޭގައި ސަރުކާރުގައި އެދިފައިވީ ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަ ދީފައި ނުވާ ކަމުގައި  މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅެއްޖެއެވެ.

ރޭ މާލޭ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މާލޭގެ ރައްޔިތުންނަށް ހައްގު މިންވަރު ގޯތި ގެދޮރު ހޯދައި ދިނުމުގައި ސަރުކާރުން އިސްކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން ސަރުކާރުގައި ދެންނެވިފައިވާ ކަމުގައެވެ.

އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ބިމުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގޯތި ދިނުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކޮށް ވަކާލާތު ކުރިކަމަށާއި އެކަމާއި ގުޅިގެން ސަރުކާރާއެކު ބައްދަލުވުން ތައް ބާއްވާ ސިޓީފަދަ ލިޔެކިޔުންތައް ބަދަލުކުރެވުނު ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ދިނުމަށް ހަމަޖެހިފައިވާ ގޯތި ދޫކުރަން ވާނީ އެހެން ރަށްރަށުގައިވެސް ހިއްކިބިމުން ހިލޭ ގޯތިދޭ އުސޫލުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަހަމަކަމާއެކު މާލޭ ރައްޔިތުންނަށް ވެސް ގޯތި ދޭން ވާނީ ހިލޭކަމުގައި ސަރުކާރަށް ސިޓީފޮނުވައި އެވާހަކަ ދަންނަވާފައިވާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެކަމުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ފެނިގެންދަނީ ނޫސްތަކުގެ ސުރުހީތަކުން ކަމަށާއި ހިލޭ ގޯތި ސަރުކާރުން ދޭން އުޅޭ ކަމަށް ހީވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ކަމެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރި ނުކުރާކަމަށާއި ގާނޫނުގައި ސަރުކާރުގެ އެއްވެސް ތަނަކުން މަސައްކަތެއް ކުރާނަމަ އެކަމުގައި ކައުންސިލް ބައިވެރިކުރުމަށް މަޝްވަރާ ކުރަންޖެހޭ ކަމަށް އޮންނަ ކަމަށާއި ނަމަވެސް މިހާތަނަށް އައިއިރު ގިނަ މިނިސްޓްރީތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ކުރި އެއްވެސް މަސައްކަތެއްގައި މާލެ ސިޓީ ކައުންސިލް ބައިވެރިކޮށްފައިނުވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ބައެއް މިނިސްޓްރީ ތަކުން މާލެ ސިޓީ ކައުންސިލާއެކު ބައެއް މަޝްވަރާތައް ކުރައްވާކަމުގައެވެ.

ސަރުކާރުން ކުރިއަށްގެންދާ މުހިއްމު ކަންކަމުގައި ހާއްސަކޮށް ގެދޮރުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މިހާރު ސަރުކާރުން ހުޅުވާލާފައިވާ ހުޅުމާލޭގެ ވިނަރެސް ފްލެޓްތައް ވެސް ދިނުމުގައި އެންމެ ނިކަމެތި މީހާއަށްވެސް ކުރިމަތި ލެވޭނެ ގޮތަކަށް ޝަރުތުތައް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަން ސަރުކާރުން ކުރަމުންގެންދަނީ ރަނގަޅަށްކަން ކަަށަަވަރުކުރުމަށް ބޭނުންވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ގޯތިގެދޮރުގެ މައްސަލައިގައި ރައީސް އޮފީހަށާއި ޕްލޭނިންގ މިނިސްޓްރީއަށް ސިޓީ ފޮނުވުނު ކަމަށާއި ނަމަވެސް އެދެވޭ ޖަވާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދޫކުރާ ވިނަރެސް ފްލެޓް ފޯމްތައް އޮންލައިންކޮށް ހުރުމުން އެފޯމް ފުރުމަށް ދަތިވާ ފަރާތްތަކަށް އެހީވުމަށް ސިޓީ ކައުންސިލުން މުވައްޒަފުން ހަމަޖެއްސުމަށް އެދުމުން އެކަމާ ސަރުކާރުން އަޅައިނުލާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ކައުންސިލްގެ ފަރާތުން ފޯމްފުރުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް އެހީ ވުމަށް ހެލްޕް ޑެސްކު ބަހައްޓައިގެން އެހިދުމަތް ދިނުމަށް ނިންމާފައިވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މާލޭގައި އެންމެ ބޮޑަށް ގޯތި ބޭނުންވާ ނުވަތަ މިހާރު ސަރުކާރުން ގޯތި ދޫކުރުމަށް ހުޅުވާލާފައިވާ ސްކީމްގައި ހިމެނޭ ޝަރުތުތަކުގެ ތެރެއިން އެޝަރުތުތައް އެންމެ ބޮޑަށް ފުރިހަމަވާ އެންމެ ގިނަ ޕޮއިންޓް ލިބޭ އެންމެން ފޯމުލުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

ސަރުކާރުން ގުޅީފަޅުގައި ޕޯޓެއް ހަދަން ނިންމާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެންމެ ރަނގަޅުތަނަކީ ތިލަފުށި ކަމުގައި މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ޕޯޓެއް ހަދާފައިވެސް ގުުޅީފަޅުގައި 200 އަށް ވުރެ ބޮޑު ހެކްޓަރުގެ ބިން ހިއްކޭނެ ޖާގަ އޮތް ކަމަށާއި އެވަރަށް ބިން ހިއްކިއްޖެނަމަ އެއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ކަމަށާއި އެތަނުގައި 30 ހާހެއްހާ ރައްޔިތުންނަށް ގެދޮރު ދެވޭނެ ކަމަށް ސަރުކާރުގައި ދެންނެވި ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އެކަން ޕްލޭންކޮށް އެކަމުގައި ސަރުކާރާ އެކު ބައިވެރިވެ އެހީތެރިކަން ދިނުމަށް އެދުނު ނަމަވެސް މިހާތަނަށް އެފުރުސަތު ދީފައިނުވާ ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ސަރުކާރަށް ސިޓީ ފޮނުވި އެވާހަކަ ދެކެވި އެކަމުގެ ނަތީޖާ ނޫސްތަކުން ފެނިފައިވާ ކަމަށާއި ސަރުކާރުން ގުޅީފަޅުން 100 އެއްހާ ހެކްޓަރުގެ ބިން ހިއްކުމަށް އުޅޭކަަމަށާއި އެތަނުން ގޯތި ދިނުމަށް އުޅޭ އަޑުތައް އިވިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: