ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން އެމްޑީޕީ އަށް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ދޭން ނިންމައިފި

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައީސް މުހައްމަދު ނަޝީދު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެމްޑީޕީ އޮފީހުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން އެމްޑީޕީ އަށް ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަށް ނިންމައިފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އުސޫލު ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ބައްދަލުވުމުގައި 71 މެމްބަރުން ވަނީ ބައިވެރިވެފައެވެ.

ފައިސާގެ 60 ޕަސެންޓްގެ ތެރެއިން 20 ޕަސެންޓް ފައިސާ ބަހާނީ ހުރިހާ ރަށަކަށް ހަމަހަމައަށެވެ. އަދި 25 ޕަސެންޓް ފައިސާ ވަކި ދާއިރާ ތަކަށް ބެހުމަށް ވަނީ ހަމަޖެހިފައެވެ.  އެ އަދަދުގެ 45 ޕަސެންޓް ދާއިރާތަކަށް ބެހުމަށް ނިންމާފައިވަނީ އެ ދާއިރާއެއްގައި ތިބި މެމްބަރުންގެ ނިސްބަތުންނެވެ. ބާކީ 10 ޕަސެންޓް ފައިސާ ހުރިހާ ދާއިރާ ތަކާއި ގުޅުންހުރި ކަންކަމުގައި ބޭނުން ކުރުމަށް ވަނީ ނިންމާފައެވެ.

މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އަށް ދައުލަތުން ދޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަކީ އެ ޕާޓީ އިން އަލަށް ހޮވުނު ޗެއަރޕާސަން ފައްޔާޒް އިސްމާއިލްގެ ވައުދެކެވެ.

ސިޔާސީ ޕާޓީ ތަކުގެ ތެރޭގައި މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އެމްޑީޕީ ގައި 50 ހާހާއި ގާތްކުރާ އަދަދަކަށް މެމްބަރުން އެބަތިއްބެވެ. އެމްޑީޕީ އަށް ފަހު ދެން އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ. އެ ޕާޓީގައި 30 ހާހަށް ވުރެ ގިނަ މެމްބަރުން ތިބި އިރު ތިންވަނައިގައި ހިމެނެނީ ޖުމްހޫރީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގައި 20 ހާހެއްހާ މެމްބަރުން ރަޖިސްޓްރީ ކޮށްފައި ވެއެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: