ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‘އަލަމްގިރި ބަލި’ ފެތުރުން ހުއްޓުވަން އެމަރޖެންސީ ފިޔަވަޅުތަކެއް އަޅަންޖެހޭ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މީހުން، އަލަމްގީރުއާއިއެކު، ޖިންސީ ގުޅުން ހިންގާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކުރުމާއި ގުޅިގެން، ބަލި ބަލިން ރައްޔިތުން ރައްކައުތެރިކުރުމަށް، އަވަސް ހާލަތެއްގައި އެމެޖެންސީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ، މަޝްހޫރު ލޯޔަރ ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުކަމަށް ތުހުމުތު ކުރެވޭ ފަރާތްތަކެއް ހިމެނޭ ގޮތަށް 250 ފިރިހެނުންވަނީ، އަލަމްގީރުއާއި އެކު، ޖިންސީ ގުޅުން ހިންގާފައިވާކަމަށް، ފުލުހުންގެ މުއައްސަސާއިން ހާމަކުރުމާއިގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، ނިހާދު ވިދާޅުވީ، އެ އަމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތައް ނޭދެވޭ ޖިންސީ އަމަލުތަކުން ޖެހިގެންދާ ބަލިތަކަށް ސްކްރީން ކުރަންޖެހިފައިވާކަމަށެވެ.

Feydhoo Meehaa (Mohamed Nihad) on Twitter: “Meege 20 Aharu kurin raajjeygai thibee AIDS baleege 18 Meehun! Mi fenvarah hurihai vaththaregge sex eh fethurifai vaa iru goih neygey kithanme bayyeh + HIV kihaa gina vaane! Enmen screen Kohgen viyas Rayyithun ge salaamathah takai Emergency fiyavalhu alhan jehey! Ava’s Kurey!!!” / Twitter

އަލަމްގީރުއާއިއެކު، ގުޅުން ހިންގިކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާ ފަރާތްތައް ހޯދައި، ބަލިތަކަށް ޓެސްޓުކުރަން ޖެހިފައިވާކަމަށް، ފާހަގަކުރައްވާ ނިހާދު ވިދާޅުވީ، 20 އަހަރު ކުރިން ދިވެހިރާއްޖޭގައި ތިބީ، އެއިޑްޖެހިފައިވާ 18 މީހެއްކަމަށެވެ. އެހެންނަމަވެސް މިވަގުތު ދިވެހިރާއްޖޭގައި “ހުރިހާ ވައްތަރެއްގެ” ޖިންސީ ގުޅުން ހިންގާ ފަރާތްތައް ގިނަވެފައިވާކަމަށް އިޝާރާތްކުރައްވާ، އެނާ ވަނީ، އެއިޑްސްގެ އިތުރުން ގޮތް ނޭގޭ އެތައް ބައްޔެއް ފެތުރިގޮސްފައިވާނެކަމަށް ފާހަގަކުރައްވާފައިއެވެ.

ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުންފަދަ އަމަލުތައް ގިނަވެ، އެއިޑްސް އަދި، ގޮތް ނޭގޭ ގިނަ ބަލިތަކެއް ފެތުރިގޮސްފައިވާނެކަމަށް އަލި އަޅުވައި ވާހަކަދައްކަވަމުން، ނިހާދު ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުން، ގޮތް ނޭގޭ ބަލިތަކެއް ފެތުރިދާނެކަމުގެ ބިރުވެތިކަމުން ސަލާމަތް ކުރަންޖެހިފައިވާކަމަށެވެ. އެހެންކަމުން، އެކަމަށް ހައްލެއް ގެނައުމަށް އެމަރޖެންސީ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް ވިދާޅުވެ، އެނާ ވަނީ އެ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ގޮވާލާފައިއެވެ.

ދިވެހިރާއްޖޭގެ ބައެއް ރައްޔިތުން ހިންގަމުންދާ ދީނާއި ހިލާފު އަމަލުތަކެއްގެ ސަބަބުން، މުޖުތަމައުގެ ތެރޭގައި ގޮތް ނޭގޭ ބަލިތަކެއް ފެތުރިގޮސްފައިވާނެކަމަށް ނިހާދު ފާހަގަކުރެއްވިއިރު، ފުލުހުންގެ މުއައްސަސާއިންވަނީ، 250 ދިވެހި ފިރިހެނުން އަލަމްގީރުއާއިއެކު، ގުޅުން ހިންގާފައިވާކަން މީޑިއާތަކާއި ހިއްސާކޮށްފައިއެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި، އާންމު ރައްޔިތުންވެސް އެފަދަ އަމަލުތައް ހިންގަމުންދާ ފަރާތްތައް ހައްޔަރުކޮށް، ބަލި ބައްޔަށް ޓެސްޓު ކުރުމަށްވެސް ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: