ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭއިން އިންޓާންޝިޕް ފުރުޞަތު

ސް.ޓީ.އޯގެ ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެސް.ޓީ.އޯގެ ކުރިއަށްގެންދާ ރޭޑިއޯގްރަފީ ކޯސް ހަދާ ދަރިވަރުންނަށް އޭޑީކޭ ހޮސްޕިޓަލުން އިންޓާންޝިޕް ފުރުޞަތު ފަހިކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މަރިޔަމް ނުޒްލާއެވެ. އަދި އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލެވެ.

މި އެއްބަސްވުމުގެ ސަބަބުން، ކޯހުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތު ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު އޭޑީކޭ ހޮސްޕިޓަލުން ފަހިވެގެންދާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސް.ޓީ.އޯއާއި ޖީ.އީ ހެލްތް ކެއަރއާއި ގުޅިގެން “ޑިޕްލޮމާ އިން ރޭޑިއޯގްރަފީ” ކޯސް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި ކޯހުގައި 2 އަހަރު ދުވަހުގެ ކިޔެވުމާއިއެކު 6 މަސް ދުވަހުގެ އަމަލީ ތަޖުރިބާ ލިބިގެންދެއެވެ. އަދި މިއީ އެސްޓީއޯގެ ސްކޮލަރޝިޕްގައި ތަމްރީނުވުމަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

ރޭޑިއޯގްރަފީއަކީ ރޭޑިއޭޝަން މެދުވެރިކޮށް އެތެރެ ހަށީގެ ގުނަވަންތަކުގެ ފޮޓޯ ނެގުމެވެ. އަދި ރޭޑިއޯގްރާފަރުންނަކީ އެކްސް-ރޭއާއި އަލްޓްރާ ސައުންޑް ސްކޭނާއި، އެމް.އާރް.އައި އަދި މެމޯގްރާފް ނެގުމުގެ ޚިދުމަތް ފޯރުކޮށްދޭ ބައެކެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖީއީ ހެލްތް ކެއަރގެ ކަރިކިއުލަމްއަކަށް “ފުލްޓައިމް” ކޯހެއްގެ ގޮތުގައިއެވެ. އަދި ކޯސް ފުރިހަމަކުރާ ފަރާތްތަކުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ހިންގާ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ކޯސް ކުރިއަށްދާނީ ކްލާސްރޫމް ގަޑިތަކުގެ އިތުރުން ލެބް ޓްރެއިނިންގތައްވެސް ހިމަނައިގެންނެވެ.

ހެލްތު މިނިސްޓްރީއާއި، އެމްއެންޔޫ އަދި އެސްޓީއޯ ގުޅިގެން ކުރިއަށްގެންދާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މަޤްސަދަކީ ވަޒީފާގެ ބާޒާރުގައި ރޭޑިއޯގްރަފީ ޓެކްނީޝަނުންގެ ގޮތުގައި ދިވެހިން ބިނާކޮށް އަދި ވަޒީފާ އަދާކުރާ ފެންވަރު ހުރި ދިވެހިން އިތުރުކުރުމެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މިންގަނޑުތަކާއި އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގެ މިންގަނޑުތަކާއި އެއްގޮތަށް ކުރިއަށްގެންދާ ކޯހެކެވެ. އަދި މި ކޯހުން ފާސްވާ ބައިވެރިންނަށް ލެވެލް 5 ގެ ނެޝަނަލް ސެޓްފިކެޓްއެއް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: