ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީ އަށް ލިވާތު ހަރާމްކަން އެނގުނީ މިއަދުތޯ؟ ސުޖާއު

ހުޅުމާލޭގެ ކައުންސިލް މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ؛ ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ ޕާޓީ އެއްކަމަށް ދައުވާ ކުރާ އަދާލަތަށް ޔޯގާ ހަރާމްކަން އިނގުނީ ޖުލައިމަހު ދިރާސާ އެއްކޮށްގެން ކަމަށާއި އަދާލަތު ޕާޓީ އަށް ލިވާތު ހަރާމްކަން އެނގޭތޯ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާގެ ޓްވީޓްގައި ވަނީ އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު ހުންނެވީ ލިވާތު ކުރާ މީހުން ދޫކޮށްލައިގެން ކަމަށް  ވިދާޅުވެފައެވެ.

ޝުޖާ އެހެން ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީގެ ފަރާތުން ވަނީ ރޭގެ ވަގުތެއްގައި ޔޯގާ އާއި ގުޅިގެން އެކަމަކީ ހަރާމް ކަމެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއި އެކަމަށް ބާރުދެނީ ޔޯގާ ހަރަކާތް ކުރިއަށްގެންދާ ވަގުތުތައް ކަމުގައިވާ އިރު އަރާ ގަޑިއާއި އިރުއޮއްސޭ ގަޑީގެ އިތުރުން އެ ހަރަކާތުގައި ކިޔަމުންދާ ކަލިމަތަކުން ދޭހަވާ ގޮތުން އެ ހަރަކާތް ހިންގާ މީހުން އަޅުކަން ކުރަނީ އިރަށް ކަމުގައި އަދާލަތުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިންގެ ރައުޔު ޔޯގާ އާއި ގުޅޭގޮތުން އަދާލަތުން އާންމުކުރި ބަޔާނުގައިވެއެވެ. އެގޮތުން އެއްވެސް މުސްލިމަކަށް ޔޯގާ ހެދުމަކީ ހުއްދަ ނުވާނެ ކަމެއް ކަމަށް ދީނީ އިލްމުވެރިންގެ ރައުޔުގައި ވާ ކަމަށާއި އެކަމުގެ ސަބަބަކީ އެ ހަރަކާތުގައި މާތް ﷲ އާއި އެހެން މަހްލޫގަކާއި އެއްފަދަ ކުރާކަމަށާއި އެކަމަކީ ޝިރުކެއް ކަމުގައި ބުނެފައިވެއެވެ. އަދި ބާތިލް ކަލާނގެއެއް މަތިވެރި ކުރުމަކީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. އަދި އިރަށް ބޯލަނބާ މާތްﷲ އަށް ދޭ ގަދަރު ދިނުމަކީވެސް ޝިރުކު ކަމަށާއި އެހުރިހާ ކަމެއް ޔޯގާގެ ތެރޭގައި ހިމެނިގެން ވުން ހިމެނެއެވެ.

އަދާލަތު ޕާޓީ އިން ނެރުނު ބަޔާން ނެރެފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ދީނީ އިލްމުވެރިން ހިމެނޭހެން އާއްމުންގެ ބަޔަކު ފުލުހުންގެ ހައްޔަރަށް ގެންދެވި އެމީހުންގެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ހިންގުނު ހަރަކާތް ހުއްޓުމަށް އާއްމުންނާއި ދީނީ އިލްމުވެރިން ގޮވާލާ އެކަމާއި ދެކޮޅަށް އަޑު އުފުލިއިރު އަދާލަތުން އެކަމާއި ދެކޮޅަށް ތިބީ ބަހެއް ނުބުނެއެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ހައްޔަރު ކުރެވުނު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނެނީ އައްޝައިހް ފަޒްލޫން މުހައްމަދާއި އައްޝައިހް އާދަމް ނިޝާން އެވެ. ޝައިހް ފަޒްލޫން ވަނީ ޝަރުތުތަކަކާއެކު ކޯޓުން ދާދި ފަހުން މިނިވަންކޮށްފައެވެ. ނަމަވެސް އަދިވެސް ޝައިހް ނިޝާން ހުރީ ފުލުހުންގެ ބަންދުގައެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި އެކު ދެން އަޑުފެތުރިގެންދިޔައީ އެއްޖިންސުން ގުޅުން ހިންގުމުގެ ވާހަކައެވެ. އެކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކަމަށް ތުހުމަތުކުރެވޭ ބަޔަކު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާ އެކު ލިވާތު ކުރިކަމުގެ ތުހުމަތު ވަނީ ކުރެވި އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދެއެވެ.

އަދާލަތު ޕާޓީ އާއި އެޕާޓީގެ ލީޑަރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެމައްސަލައިގައި ރެއަކާލީ އެކަން ނިމި އެއްމަސް ދުވަސް ފާއިތުވެ ދިޔަފަހުން ކަމުގައިވާތީ އެކަމާއި ގިނަ ބަޔަކު ވަނީ ނުރުހުންފާޅުކޮށްފަައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: