ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި 69 ރިސޯޓެއްގައި ވޯޓްފޮށި ނުބަހައްޓާނެ: އީސީ

އިސްމާއީލް ހަބީބު އީސީގެ ނައިބު ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައެއް ރިސޯޓްތަކުގައި ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރުމަށް އިލެކްޝަންސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިއަހަރުގެ އިންތިހާބުގައި  ރިސޯޓްތަކުން އެދިގެން ވޯޓްފޮށި ނުބަހައްޓާ 69 ރިސޯޓް ހިމެނޭކަމަށެވެ.

މާލެއާއި މާލެކައިރި ބައެއްރިސޯޓްތަކުގައި މީގެކުރިންވެސް ވޯޓްފޮށި ބެހެއްޓިފައިނުވާއިރު، އަތޮޅުތެރޭގެ ބައެއް ރިސޯޓްތަކުގެ މުވައްޒަފުންވެސް މަސައްކަތްކުރާ ރިސޯޓަކާއި މީހުންދިރިއުޅޭ އެންމެ ކައިރި ރަށަކުން ރެޖިސްޓަރވެ ވޯޓްލަމުން ގެންދާކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރިސޯޓްތަކުގައި ދިރިއުޅޭ ދިވެހިންގެ ނިސްބަތުން  ވޯޓްފޮށި ބެހެއްޓުމުގެ އިންތިޒާމް، އިންތިހާބުތަކާއި ދިމާކޮށް އިލެކްޝަނުން ގެންދަނީ ހަމަޖައްސަމުންނެވެ.

ފާއިތުވެދިޔަ ހުރިހާ އިންތިހާބުތަކުގައިވެސް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވޯޓްލުމުގެ ހައްގުލިބިގެންވާ ހުރިހާ އެންމެނަށް ވޯޓްލުމުގެ ފުރުސަތު އިލެކްޝަންސް އިން ވަނީ ފޯރުކޮށްދީފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދެލައްކަ އަށްވުރެ ގިނަމީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަންއިން އާއްމުކުރި ވޯޓާރސް ލިސްޓްގައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެއިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: