ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީއިން މެމްބަރުން “ވައްކަން” ކުރިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އިން އަދާލަތު ޕާޓީގެ މައްޗަށް ކޮށްފައިވާ، ދަފްތަރުން މެމްބަރުން “ވައްކަން” ކުރިކަމުގެ ތުހުމަތުތައް އެ ޕާޓީއިން ދޮގުކޮށްފިއެވެ.

ޕީޕީއެމްގެ މެމްބަރުންތަކެއް އަދާލަތު ޕާޓީގެ ދަފްތަރުގައި އޮޅުވާލައިގެން ހިމަނާފައިވާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މިއަދު އެ ޕާޓީއިން ޓްވިޓާރ މެދުވެރިކޮށް ބުނެފައިވަނީ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށައަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަން އާއި އެ ފަރާތުން ހަވާލުކުރުމުގެ ކުރިން ޕާޓީތަކުގެ ގަވާއިދުތަކުގައި ވާގޮތަކުގެ މަތިން ބަލައި ފާސްކޮށް އެންމެހައި އިޖުރާއަތުތައް ފުރިހަމަ ކުރެވިފައިވާނެކަމަށެވެ.

މީގެ އިތުރުން އަދާލަތު ޕާޓީއިން މިއަދު ކޮށްފައިވާ ޓްވީޓްގައި ވަނީ ހުށައެޅޭ ފޯމުތަކުގެ ސައްހަކަމާއި މެދު ސުވާލު އުފެދޭ ހާލަތުގައި އަދި ޕާޓީގެ ދަފްތަރުން އެއްވެސް ފަރާތެއްގެ ނަން އުނިކުރުމަަށް އެފަރާތަކުން އެދިއްޖެނަމަ މިހާރުވެސް އެ ހާލަތްތަކުގައި އެކަން ޕާޓީއިން ކުރަމުންދާ ކަމަށެވެ.

އަދާލަތު ޕާޓއިން މިހެން ބުނެފައިވާ ހިންދު އިއްޔެ ޕީޕީއެމް އިން އާއްމުކޮށްފައިވާ ވީޑީއޯގައި އެ ޕާޓީގެ މެމްބަރެއް ކަމުގައި ބުނާ މީހަކު އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން އޮތުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ގެންދާނެކަމަށް ބުނެފައިވާކަން ފާހަގަކޮށްލެއެވެ. އަދި އެމީހާ އަތުގައި “ވަގަށް” އިލެކްޝަންސް ކޮމިޝަަން އަށް ހުށައަޅާފައިވާ ކަމަށް ބުނާ ފޯމުވެސް ގެންގުޅޭތަން ފެނެއެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބުރައީސް ޝުޖާއު ވެސްވަނީ މިމައްސަލައިގައި ހިމެނޭ ފޯމު ބައްލަވައި ފާސްކޮށް ޖަހާފައިވާ އިންގިލީގެ ނިށާން އަދި ހެކިވެރިން ގޮތުގައި ހިމަނާފައިވާ މީހުންގެ މައުލޫމާތު ސައްހަ ނޫންކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރަށްވައި މިއަމަލުތައް ހިންގުމުގައި ބައިވެރި ވި ފަރާތްތަައް ހޯދައި ޝަރުއީ މަގުން އިންސާފު ހޯދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ޕީޕީއެމް އިން ވަނީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން އެ ޕާޓީގެ 5000 ވަރަކަށް މެމްބަރުން އެހެނިހެން ދަފްތަރުތަކުގައި ޖައްސާފައިވާކަމަށް ބުނެ އެލެކްޝަންސް ކޮމިޝަންއިން އެ މައްސަަލަ ބަލައި އެ އެމަލުތައް ހިންގުމުގައި ބައިވެރިވެފައިވާ ފަރާތްތައް ޖޫރިމަނާކޮށް ފިޔަވަޅުއަޅައި ދިނުމަށް އެދިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: