ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ ބަޔާނަށް ސައީދުގެ ރައްދު: އެއްބަސްވުން އަދާލަތަށް ފެނިފައި ނުވާނެ!

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ އެއްވެސް މީހަކަށް ޔޫޓީއެފްއޭގެ އެއްބަސްވުން ފެނިފައިނުވާނެކަމަށް ވިދާޅުވެ އަދާލަތު ޕާޓީއަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ބަޔާނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން މިވަގުތު އަދާލަތު ޕާޓީ އުފެދުން އިރު އަމަލުކުރަމުން އައި އުސޫލުތަކަށް މިހާރު އަމަލުކުރަމުން ނުދާކަމަށް ބުނެ ޕާޓީގައި ކުރިން މަސައްކަތްކުރި މީހުންވެސް އަންނަނީ ޕާޓީގެ މިބަޔާނަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މެމްބަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަށް ޔޫޓީއެފްގެ އެއްބަސްވުން ފެނިފައިނުވާ ކަމަށެވެ. އަދި އިންޑިޔާގެ ހައި ކޮމިޝަންގެ އެންގުންތައް ސަރުކާރު ކޯލިޝަންގެ ލެޓަރ ހެޑްތަކުގައި ނެރުމަކީ ބޮޑު ގޯހެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުން އަޑު އުފުލަމުންދަނީ އިންޑިޔާ ސިފައިން ރާއްޖެއަށް ފޭބުމަށް ކަމަށާއި ޔޫޓީއެފް އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމަކީ ގާނޫނާއި ހިލާފް އެއްޗެއްކަމަށް ސައީދު ވިދާޅުވެއެވެ. އަދި ރައްޔިތުން ބޭނުންވަނީ ހަނިމާދޫ އާއި އައްޑޫ ސިޓީ ސަލާމަތްކުރުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ މުޅި ދުނިޔެ ގުޅިލާމެހިފައިވާ ޒަމާނެއްގައި ބައިނަލްއަގުވާމީ މަސްރަހުގައި އެކަހެރިކަމާއި ވަކިވެގަތުން އިސްކުރުމަކީ ދިވެހިންނަށް އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އަވަށްޓެރިންނާއި ދިވެހިންގެ ކުރިއެރުމަށް އެހީތެރިވެދޭ ބައިވެރިންނާއި މެެދު އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ސިޔާސީ ބަޔަކު ކުރަމުންދާ މަސައްކަތް ކުށްވެރިކުރާ ކަމަށް އަދާލަތުން ބުނެ އެވެ. އަދި އަވަށްޓެރި އިންޑިއާއާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރައްވަމުން ގެންދަވާ ޒިންމާދާރުކަން ކުޑަ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ވަރުގަދަކޮށް، ރައީސް ޔާމީން އިސްކޮށް ހުންނަވާ ސީދާ އެހަރަކާތް މިހާރު ކުރިއަށް ގެންދަމުން އަންނާތީ ސަރުކާރުން އަންނަނީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުން ދިފާއުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ފޮރިން މިނިސްޓްރީއިންވެސް ބަޔާނެއް އާންމުކޮށް، އެމްޑީޕީގެ އެކި މެމްބަރުންވެސް އަންނަނީ ގިނަ ޕޯސްޓްތަކެއް އިންޑިޔާ އައުޓް ކެމްޕެއިނާއި ދެކޮޅަށް ކުރަމުންނެވެ. އެގޮތުން މިހަރަކާތުގެ ސަބަބުން އިންޑިޔާގައި އުޅޭ ދިވެހިންނަށްވެސް ނުރައްކާތަކެއް ކުރިމަތިވެދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: