ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން ބަލިވީ އިންޑިޔާ އައުޓް ކެމްޕޭނުންގެ ސަބަބުން: މީކާއިލް ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ފޮޓޯ/ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑިޕީ ބަލިވީ އިންޑިޔާ އައުޓް ކެމްޕޭނުންގެ ސަބަބުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް ނަސީމް ވެއްޖެއެވެ.

މިކާއިލް “ސަންގުޓީވީގެ ހަބަރަށްފަހު “ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕިޕީއެމުން ފެއްޓި އިންޑިއާ އައުޓް ކެމްޕޭނަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް ފުރަތަމަ ގަބޫލު ކުރެވުނު ކަމަށާއި، ނަމަވެސް އެ ކެމްޕޭނުގެ ސަބަބުން ރައީސުލްޖުމްހުރިއްޔާ ރިޔާސީ އިންތިހާބުން ބަލިވާން ޖެހުނު ކަމަށެވެ.

“އެކަން އެންފުރަތަމަ ކުރެއްވި 15 ވިއްސަކަށް މިހުން. އިންޑިޔާ އައުޓް ދިދަ ޖަހައިގެން ވަރަށްބޮޑު ޖޯކަކަށްވީ” މީކާއިލް ވިދާޅުވިއެވެ.

މިކާއިލް ފާހަގަ ކުރެއްވީ ޕީޕީއެމުން އެގޮތަށް އެވާހަކަ ދެއްކި ނަމަވެސް އެއީ އެކަން ހިނގާފައި އޮތް ގޮތް ނޫން ކަމަށެވެ. ހަގީގަތުގައިވެސް ރާއްޖޭގައި އިންޑިޔާގެ ނުފޫޒެއް ނެތް ކަމަށް ވިދާޅުވަމުން އޭނާ ފާހަގަކުރީ އެގޮތަށް ވާހަކަަތައް ދެކެވޭތީ ބަޔަކަށް ގަބޫލު ކުރެވުނީ ކަމަށެވެ. އަދި އެއަށް މިހާރު ރައްދު ދެއްވަންވެސް ޖެހި ވަޑައިގެންފި ކަމަށެވެ.

މިހާރު އެމްޑިޕީ މި ތިބީ ކަންކަން ހާމަ ކުރުމަށްކަމަށާއި، ރައްދުވެސްދޭ ގޮތަށް ކަމަށެވެ. އެހެންކަމުން އިންތިހާބުގެ ނަތީ ރަނގަޅު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިންޑީއާ އައުޓް ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް، ޕީޕީއެމުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި އެ މީހުން ރާއްޖެއިން ފޭބުމަށް ގޮވާލާ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފެއްޓެވި ހަރަކާތެއްވެސްމެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 57%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: