ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ އަދި އުމުރުން ދުވަސްވީ މީހުންނަށް އާރުޓީއެލްގެ ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެ!

އެމްޓީސީސީގެ އާރުޓީއެލް ބަސްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ފަރާތުން  ދުއްވާ ބަސްތަކުން ސްކޫލްކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރޭވެނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ބަސް ދަތުރުތައް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަނީ ނިމިފައެެވެ. އެގޮތުން ދަތުރުކުރާނެ ރޫޓްތައް ކަނޑައެޅުމާއި، ބަސް ހުއްޓާނެ ތަންތަން ކަނޑައެޅުމާއި އަދި ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

މާލެއާއި އަތޮޅުތަކުގައި ސްކޫލްކުދިންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް މިނީ ބަހުގައި ހިލޭ ދަތުރުކުރޭވެނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.

އަދި އަލަށް ގެނެވުނު ބަސްތަކަކީ ޑީސަލް ބަސްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އާރުޓީއެލްގެ ބަސް ދަތުރުތައް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގެ އިތުރުން ލ. އަތޮޅުގައި ވެސް ފަށަން ވަނީ ހަމަޖެހިފައެވެ. އެގޮތުން އެހިދުމަތް ދިނުމަށް ބޭނުންކުރާނެ  ބަސްތައް އެ ސަރަހައްދުތަކަށް މި މަހުގެ ތެރޭގައި ފޮނުވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: