ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް ކުރާ ހަރަދުތަކުން އިންފްލޭޝަން މައްޗަށް ދާނެ: އައިއެމްއެފް

ރިޔާސީ އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރާނެ ހަރަދުތަކުން ދިވެހިރާއްޖޭގެ އިންފްލޭޝަން ރޭޓު މައްޗަށް ދާނެކަމަށް އިންޓޭރނޭޝަނަލް މޮނެޓަރީ ފަންޑު (އައިއެމްއެފްއިން) ލަފާކޮށްފި އެވެ.

ދިވެހިރާއްޖެއަށް ދަތުރުކޮށް ހެދި ރީސާޗެއްގައި އައިއެމްއިން ބުނެފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި، 2023 ގެ ރިޔާސީ އިންތިހާބަށް ކުރާ ހަރަދުތަކުން އިންފްލޭޝަން މައްޗަށް ގޮސްދާނެކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތުވެސް ދަށްވެދާނެކަމަށް އައިއެމްއެފްއިން ލަފާކޮށްފަވެއެވެ.

ދިވެހިރާއްޖޭގެ މާލީއްޔާތައް ގެއްލުންވެދާނެ ފުރުސަތުތައް ގިނަކަަން ފާހަގަކޮށް އައިއެމްއެފްއިން ބުނީ، ދިވެހިރާއްޖޭގެ މާލީ ޑެފެސިޓު، އިތުރުވެދާނެކަމަށެވެ. އަދި މާލީ ޑެފެސިޓު އިތުރުވެގެންދާނެކަމަށް ލަފާ ކުރެވޭ މައިގަނޑު ސަބަބުތަކަކުގެ ތެރޭގައި ދިވެހި މާލިއްޔާތުން ސަރުކާރުގެ ކުންފުނިތަކަށް ދެމުންދާ ސަބްސީޑީތައް ހިމެނޭކަމަށާއި، އަރަމުންދާ އިންޓްރެސްޓު ރޭޓުތަކާއި، މިނިމަމް ވޭޖަށް ގެނެސްފައިވާ ބަދަލުތައްވެސް ހިމެނޭކަމަށް އައިއެމްއެފްއިންވަނީ ފާހަަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ މާލިއްޔާތައް ގޮންޖެހުންތަކެއް ހުރިކަމަށް ފާހަގަކޮށް، އައިއެމްއެފްއިން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ދަރަނިތަކުގެ ސަބަބުން، މާލިއްޔާތައް ގެއްލުންތަކެއް ހުރިކަމަށެވެ. އަދި ސަރުކާރުން ލޯނު ނެގުމުގައި ގެންގުޅެމުންދާ ބައެއް ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އައިއެމްއެފްގެ ރިޕޯޓުގައި، ސަރުކާރުން ޖީއެސްޓީ 2023 ވަނަ އަހަރުގެ ތެރޭގައި ބޮޑު ކުރުމަށް ނިންމި ނިންމުމަށް މަރުހަބާ ކިޔާފައި ވެއެވެ. އަދި ސަރުކާރުން ދެމުންދާ ސަބްސީޑީތަކާއި، ދިވެހި މާލިއްޔާތުން ސަރުކާރުގެ ކުންފުނިތަކަށް ކުރަމުންދާ ހަރަދުތަކަށް ބަދަލުތަކެއް ގެނައުމުން މާލިއްޔާތައް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަވެގެންދާނެކަމަށްވެސް އައިއެމްއެފްއިން ބުނެފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަބަބުން ދިވެހި މާލިއްޔާތައް ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް އައިއެމްއެފް އިން ބުނެފައިވާއިރު، މީގެ  ކުރިން އެ މުއައްސަސާއިން ވަނީ ރާއްޖޭގެ ޖީއެސްޓީއަށް ބަދަލުތަކެއް ގަނައުމާއި ބެހޭ ގޮތުން ރިޕޯޓެއް އެކުލަވާލާފައިއެވެ.

އެގޮތުން އައިއެމްއިން ބުނެފައިވާ ގޮތުން، 2023 ގެ ކުރިން ޖީއެސްޓީ ބޮޑު ކުރަން އެ މުއައްސަސާއަށް ނުފެންނަކަމަށެވެ. އަދި ބޮޑު ކުރުމަށް ފެންނަނީ، ކޮވިޑްގެ ކުރިން އޮތް ހާލަތަށް އިގްތިސޯދު ގެންގޮސް، ބާޒާރުތަކުގައި ތަކެތީގެ އަގުތައްވެސް ހަމައެއްގައި ކޮންޓްރޯލް ކުރެވުމުންކަމަށް ވެސް އައިއެމްއެފްއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: