ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް، އަދާލަތު އަދި ސަލަފަކީ ވެސް ސިޔާސީ ޕާޓީތަކެއް، ދައްކާނީ ސިޔާސީ ވާހަކަ: މަހްލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާއަކީ ބުދު ދީނުގެ އަޅުކަމެއް ކަމަށާއި އެއީ ބުދު ދީނުގެ އިލާހަށް އަޅުކަން ކުރުން ކަމުގައި ފާދިރީން ވެސް ބުނާއިރު އެމީހުންނަށް ވުރެ ބައެއް ދިވެހިންގެ ހާލު ދެރަ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ހިންދޫން އަޅުކަމެއްގެ ގޮތުގައި ދެކޭ ޔޯގާ ހެދުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ގިނަ އިލްމުވެރީން ވިދާޅުވުމުން އެކަން ގަބޫލު ކުރަން ދެކޮޅު ހަދަމުންދާ މީހުންނަަށް ރައްދު ދެއްވަމުން ޒިޔާދު ވިދާޅުވީ ޔޯގާ ހަރާމް ކަމަށް ވިދާޅުވާ އިސްލާމީ އެތައް މުއައްސަސާތަކާއި ފަތުވާ މަޖްލިސްތަކާއި އިސްލާމީ ދުނިޔޭގެ ގިނަ މީހުން އިލްމީ ގޮތުން އެންމެ ގާބިލް އިލްމުވެރިންގެ ފަތުވާ ޔޯގާ ހަރާމްވި ސަބަބު ވަރަށް ތަފްސީލު ބަޔާން ކޮށްފައިވާ ކަމަށެވެ.

ޔޯގާ އަކީ އިސްލާމް ދީނުގައި ހަރާމް ނުވަތަ ހަލާލުކަމެއްތޯ ބުނެ ކުރެވޭ ބަހުސްތައް ފެށިގެން އައި ސަބަބަކީ ޔޫތް މިނިސްޓްރީއިން އިސް ނަގައިގެން އިންޑިއާ ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ދިވެހި ރާއްޖޭޣައި ފާހަގަކުރުމެވެ. އާންމު ރައްޔިތުންގެ ބަޔަކު ވަނީ ހަރަކާތް ކުރިއަށް ގެންދަމުންދަނިކޮށް ޔޯގާ އާއި ދެކޮޅަށް އަޑުއުފުލާ، ހަރަކާތް ކުރިއަށް ގެންދަމުން ދިޔަ ސަރަހައްދަށް ވަދެގަނެ ހަމަނުޖެހުން ހިންގާ ހަރަކާތް ހުއްޓުވާފައެވެ. މިފަދަ ގޮތަކަށް ހަރަކާތް ހުއްޓުވުމުގައި ޝަމިލްވީކަމުގެ ތުހުމަތު ކުރެވުނީ އިދިކޮޅު ޕީޕީއެމްއަށާއި ސަލަފަށެވެ.

ޔޯގާ އާއި ގުޅިގެން އަދާލަތު ޕާޓީން ވަނީ ފަތުވާއެއް ނެރެ، އެއީ ހިންދޫ ދީނުގެ އަޅުކަމެއްކަމަށް ކަނޑައަޅާފައެވެ. ޔޯގާ ދުވަސް ޜާއްޖޭގައި ފާހަގަކުރުމަށް ނިންމާފައިޥާކަން އިއުލާންކުރުމާއިއެކު، ސަލަފުން އައީ މިއީ ހުއްދަ ކުރާ ހަރަކާތެއް ނޫންކަމަށް ފާހަގަކުރަމުންނެވެ. އަދި ޕީޕީއެމުންވެސް އައީ ހަރަކާތާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ނަމަވެސް މިނިސްޓާ މަހުލޫފް ވިދާޅުވީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމެއް ނަމަވެސް ހަރާމްތޯ ނުވަ ނޫންތޯވެސް ސާފް ކޮށް ބުނެދިނުމުން އެކަން ނުކުރައްވާނެ ކަމަށެވެ. ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން މިކަމުގެ “އެންޑް ރިޒްލްޓް” އަކަށް ބޭނުންވަނީ ވެރިކަމަށް އައުންކަމަށާއި އަދި އެ މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ހިލާފު އުފެދިފައިވާ، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝެއިހަކު އެއީ ހަރާމޭ ބުނީމަ ދެންވީ ގަބޫލު ކުރައްވަންތޯ ވިދާޅުވެ މަހުލޫފް ސުވާލު އުފެއްދެވިއެވެ. އަދި އޭނާ ގަބޫލު ކުރަނީ ޔޯގާ، އެ ހަރަކާތް ހަރާމޭ ބުނި ޝެއިހުގެ ބަސް ނޫންކަށާއި އެހެން ޝެއިހެއްގެ ބަސްކަމަށް ވިދާޅުވެ މަހުލޫފް ފާހަގަކުރެއްވީ އެބޭފުޅުން އުޅެނީ އެ ޝެއިޙް ބުނާ ގޮތަށްކަމަށާއި އެކަންތައް ހަރާމޭ ބުނާ ޝެއިހް ވިދާޅުވާ ގޮތައްނޫންކަމަށެވެ.

މަދަނީ ޖަމިއްޔާއެއެއްކަމުގައިވާ ސަލަފަށް ސިޔާސީ ޕާޓީއެކޭ މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވާއިރު، އެކަމުގެ ސަބަބަކީ އެ ޖަމިއްޔާއިން ސިޔާސީ ކަންކަމުގައި ބަސް ބުނުންކަަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: