ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ހުރިހާ ރަށަކަށް ބަސްތައް ފޮނުވައިފި

އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އިން މާލެ ގެނައި ބަސްތަކުގެ ތެރެއިން ބަހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލްގެ  ބަހުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ބަސްތައް ފޮނުވައިފިއެވެ.

ބަހުގެ ހިދުމަތް ދިނުމަށް މާލެއާއި އަތޮޅު ތެރޭގައި އެމްޓީސީސީ އިން ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީއަށް ބޭނުންވާ ބަސްތައް ވަނީ ފޮނުވާފައެވެ. ބަސްތައް ފޮނުވުމުގައި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމުގައި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ލ. އަތޮޅަށް ފޮނުވުމަށް ހަމަޖެހިފައިވާ 7 މިނީ ބަހުގެ ތެރެއިން މިހާތަނަށް ގެންދިޔައީ 6 މިނީ ބަހެވެ. އެއީ ލ. ގުޅިފައިވާ ރަށްތަކަށް 4 ބަހާއި އިސްދޫ-ކަލައިދުއަށް 2 ބަހެވެ.

އެމް.ޓީ.ސީ.ސީން ވަނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ހަމަޖެހިއްސައި ކައުންސިލްތަކުގެ ލަފަޔާއެކު ބަސްތައް މަޑުކުރާނެ ސަރަޙައްދުތައްވެސް ކަނޑައަޅާފައެވެ.

ބަސް ދަތުރުތަކަށް ރޫޓްތައް ހަމަޖެއްސުމުގައި ބޮޑަށް ބަލާފައިވަނީ، އެންމެ ގިނައިން މީހުން ހިދުމަތްތައް ހޯދުމަށް ޒިޔާރަތްކުރާ ސަރަޙައްދުތަކާއި އަދި ދަތުރުކުރަންޖެހޭ ސަރަޙައްދުތަކަކަށެވެ.

އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމަށް ޖުމްލަ 36 ބަސް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 12 ބަސް ބޭނުންކޮށްގެންނެވެ.

އާރުޓީއެލްގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރުޓީއެލް ފެރީގެ ހިދުމަތާއި އާރުޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން އުތުރުގެ ތިން އަތޮޅުގައި މިހާރު ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: