ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް!

އެސްޓީއޯގެ ހުރިހާ މުވަޒަފުން މިއަދު އޮފީހަށް ދިޔައީ ފައިމަގުގައި. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 4.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯގެ ރިޕޯޓުތަކުން ދައްކައިފިއެވެ.

އެސްޓީއޯއިން އާއްމުކޯށްފައިވާ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ދަވަނަ ކުއާޓާގައި ސާފިު ފައިދާގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ރުފިޔާ ލިބިފައިވެއެވެ.މިއީ މިދިޔަ ކުއާޓާއާއި އަޅާބަލާއިރު 22 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 150 މިލިއަން ރުފިޔާއެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއެކު އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓާއާ އަޅާބަލާއިރު 14 ޕަސަންޓް އިތުރުވެފައިވުން ކަމަށެވެ.

އަދި އެ ކުންފުނިން ކުރަމުންގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ، އެ ވިޔަފާރިތަކުން ލިބުނު އާމްދަނީތައް ވެސް އިތުރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 155 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހާ އަޅާކިޔާނަމަވެސް ވެސް ރެކޯޑެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: