ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިނޭ ޘާބިތުކުރަން ގެންނަން ޖެހެނީ 4 ހެކިން! 4 ގަނޑު ފޮޓެއެއް ނޫން: ޑރ.އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިނޭ ޘާބިތުކުރަން ގެންނަން ޖެހެނީ ހަތަރު ހެކިން ކަމަށާއި ހަތަރު ގަނޑު ފޮޓޯނޫންކަމަށް ޑރ.މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒް މިގޮތަށް ޓުވީޓުކޮށްފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުގް އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާ އެމަނިކުފާނމު ޒިނޭކުރާ 4 ގަނޑު ފޮޓޯއިންކަމަށް ބުނުމުންނެވެ.

ރައީސް ނަޝީދަށް ރައްދުދެއްވާ ޑރ.އިޔާޒް ވިދާޅުވީ ޒިނޭގެ ތުހުމަތު ޘާބިތުކުރުމަށް ގެންނަންޖެހޭނީ ހަތަރު ހެކިންކަމަށާއި ހަތަރު ގަނޑު ފޮޓޯނޫންކަމަށެވެ. އަދި އެވަރުގެ އަސާސީ ކަމެއް ނޭނގޭ މީހަކު ރައްޔިތުން މަޖިލީހުގެ ރައީސްކަމުގަޔާއި ޖޭއެސްސީގައި ބަހައްޓަން ހެޔޮނުވާނެކަމަށް ޑރ. އިޔާޒް ބުނެފައިވެއެވެ.

ޤައުމުގެ ވަލީއުލްއަމުރުގެ އިސްތަށިފުޅުގައި އެއްވެސް ހެއްކެއްނެތި މިފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު ސަރުކާރުގެ އިސްފަރާތްތަކުގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވިއެވެ. އެއާއެކު އެމްޑީޕީގެ ގިނަ މެންބަރުންވެސް ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުން ދުރުކުރުވުމަށް ގޮވާލިއެވެ. ނަޝީދު އެ މަޤާމުން ވަކިކުރުމަށް އެމްޑީޕީން ދަނީ އޮންލައިން ޕެޓިޝަނެއްގައި ސޮއިވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެހެންވީމަ ގްރޫޕް ސެކްސް ނުހަދައެއް ޒިނޭއެއް ސާބިތެއް ނުވާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: