ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުން މޮޅު ނުވެވޭނެކަން ރައީސް ޞާލިހް ޤާބޫލްފުޅު ކުރައްވާ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ގާތުގައި ވަރަށް ސާފުކޮށް ބުނެވިއްޖެކަމަށާއި އަދި ތަކުރާރުވެސް ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މިވަގުތު، އެބޭފުޅާއަށް ދެން މޮޅު ނުވެވޭނެ ކަން ޤާބޫލް ކުރެއްވުމަކީ ދިވެހިރާއްޖެއަށް ދެން އެންމެ ރަނގަޅު ގޮތްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ދޮން މަނިކު ރެސްޓޯރެންޓްގައި ކުރިއަށްދިޔަ ޑިމޮކްރެޓްސްގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ދެވަނަ ދައުރަކަށް އައުމަށް ރައީސް ޞާލިހްއަށް ބޭނުންވާ ވޯޓްގެ ފަރަގު ބޮޑުކަމަށާއި، އެ ވޯޓްތައް ހޯދުމަކީ މުސްތަގިއްލުކަމެއްކަމަށް ވިދާޅުވިއެވެ. އަދި އެކަން ރައީސް ޞާލިހް ބަލައިގަނެ ޤާނޫން އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ޑިމޮކްރެޓްސްއާއި އެކު މަސައްކަތްކުރަމަށް ރައީސް ޞާލިހަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އެއީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ގޮތެއް ނިންމުން ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރަށްވެސް ޤާނޫން އަސާސީއަށް ގެންނަން ޖެހޭ ބައެއް ބަދަލްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ރައީސް ޞާލިހަށް ކާމިޔާބީ ލިބުމަކީ ނާދިރުކަމެއްކަމަށްވެސް އެމަނިކުފާނުގެ އަޚް އަދި އެމްޑީޕީގެ ކުރީގެ ރައީސްކަމުގައި ހުންނަވާ 2018 ވަނަ އަހަރުގައި ރައީސް ޞާލިހް ވެރިކަމަށް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: